ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)316/316/2026/83
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 27 އޮކްޓޫބަރު 2026 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުން.

ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ އެކި އެކި މަސައްކަތްތައް ކުރުމަށް، ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވެއެވެ.

މަޤާމް:   މުނިސިޕަލް ކައުންސިލް އެސިސްޓަންޓް - ވޭޖް

ޝަރުތު:  1) ލިޔަން ކިޔަން އެނގުން.

       2) 18 އަހަރު ފުރިފައިވުން.

ބޭނުންވާ އަދަދު: 04

މުސާރަ: ގަޑިއިރަކަށް 75.00 ރުފިޔާ

މަސައްކަތު ގަޑި: ހަފްތާއަކު 04 ދުވަހު – ދުވާލަކު 04 ގަޑިއިރު

ވަޒީފަގެ މުއްދަތު: ވަޒީފާއަށް ނެގޭ ތަރީހުން ފެށިގެން 31 ޑިސެންބަރު 2027 ގެ ނިޔަލަށް

ވަޒީފާގެ ބާވަތް: ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ކައުންސިލުން ބަލަހައްޓާ އެންމެހާ ތަންތަނުގެ ކުދި މަރާމާތުގެ މަސައްކަތްކުރުން.
  2. ސްޕަވައިޒަރުގެ ލަފާގެ މަތިން ބަލަހައްޓާ އެންމެހާ ތަންތަން ސާފުކޮށް ބެލެހެއްޓުން.
  3. ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ އަދި މުނިސިޕަލް ޙިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  4. ކައުންސިލްގެ އެކިއެކި އިވެންޓް ތަކާއި، ޙަރަކާތްތަކުގައި ކައުންސިލުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  5. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  6. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

ޤާބިލު ފަރާތެއް ކަނޑައެޅުން: މި މަޤާމަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތްތައް ކަނޑައަޅާނީ އިންޓަރވިއު ކޮށްގެންނެވެ.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ
  2. ތައުލީމީ ސެޓްފިކެޓްތައް
  3. ތަޖުރިބާގެ ލިޔުމެއް ވާނަމަ، އެފަދަ ލިޔުންތައް

ވީމާ، މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން، 2026 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނާއެކު ހިއްސާކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކޮށް، މަތީގައި ދެންނެވިފައިވާ ލިޔެކިޔުންތަކާއެކު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދޭ ފޯމް ރަސްމީ ގަޑީގައި ބ. ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4001060 އަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޮކްޓޫބަރު 2026