ދިވެހިރާއްޖެ
ހދ. ފިނޭގެ އަންހެނުންގެ މެދުގައި ދުޅަހެޔޮ ޞިއްޙަތެއް ކުރިއެރުވުމުގެ މަޤްޞަދުގައި، އެންމެ ބޮޑަށް ބަރުދަން ލުއިކުރާ ކަނބަލެއް ހޮވުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް ފިނޭ އ.ތ.މ ކޮމިޓީން ވަނީ ނިންމާފައެވެ. މުޅިން ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމް ކުރިއަށްދާނީ 1 ނޮވެމްބަރު 2026 އިން ފެށިގެން 30 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ.
ޕްރޮގްރާމް ފެއްޓުމަށް ބަރުދަން ބަލާ ތާރީޙް: 01 ނޮވެމްބަރު 2026
ޕްރޮގްރާމް ނިންމުމަށް ބަރުދަން ބަލާ ތާރިޙް: 30 ނޮވެމްބަރު 2026
ޕްރޮގްރާމުގެ ގަދަ ތިނަކަށް ލިބޭ އިނާމް:
1 ވަނަ: -/3000 ރުފިޔާ
2 ވަނަ: -/2000 ރުފިޔާ
3 ވަނަ: -/1000 ރުފިޔާ
ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 28 އޮކްޓޫބަރު ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ވައިބަރ މެދުވެރިކޮށް، 9631519 އަށް މެސެޖު ކުރައްވާ ނަން ނޯޓު ކުރެއްވުން އެދެމެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ ޢިއުލާނު ކުރީމެވެ.
