ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/92
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:00
ސުންގަޑި: 28 އޮކްޓޫބަރު 2026 12:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ ފަރާތުން ހިންގާ ގަދަ ތިނެއް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ހދ. ފިނޭގެ އަންހެނުންގެ މެދުގައި ދުޅަހެޔޮ ޞިއްޙަތެއް ކުރިއެރުވުމުގެ މަޤްޞަދުގައި، އެންމެ ބޮޑަށް ބަރުދަން ލުއިކުރާ ކަނބަލެއް ހޮވުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް ފިނޭ އ.ތ.މ ކޮމިޓީން ވަނީ ނިންމާފައެވެ. މުޅިން ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމް ކުރިއަށްދާނީ 1 ނޮވެމްބަރު 2026 އިން ފެށިގެން 30 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ.

 

ޕްރޮގްރާމް ފެއްޓުމަށް ބަރުދަން ބަލާ ތާރީޙް: 01 ނޮވެމްބަރު 2026

ޕްރޮގްރާމް ނިންމުމަށް ބަރުދަން ބަލާ ތާރިޙް: 30 ނޮވެމްބަރު 2026

 

ޕްރޮގްރާމުގެ ގަދަ ތިނަކަށް ލިބޭ އިނާމް:

      1 ވަނަ: -/3000 ރުފިޔާ

      2 ވަނަ: -/2000 ރުފިޔާ

      3 ވަނަ: -/1000 ރުފިޔާ

ވީމާ، މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 28 އޮކްޓޫބަރު ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ވައިބަރ މެދުވެރިކޮށް، 9631519 އަށް މެސެޖު ކުރައްވާ ނަން ނޯޓު ކުރެއްވުން އެދެމެވެ.

 

           ވީމާ މިކަން އާއްމުކޮށް އަންގާ ޢިއުލާނު ކުރީމެވެ.

21 އޮކްޓޫބަރު 2026