|
މަޤާމު
|
ސީނިއަރ މެނޭޖަރ
|
|
ބޭނުންވާ ޢަދަދު
|
01
|
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް /މިފްކޯ ހެޑް އޮފީސް
|
|
މުސާރަ
|
ރުފިޔާ15,500.00
|
|
އިތުރު ޢިނާޔަތްތައް:
|
އެގްޒެކެޓިވް އެލަވަންސް: 8,250.00 ރުފިޔާ
ސީނިއަރ ސްޓާފް އެލަވަންސް: 8,250.00 ރުފިޔާ
|
|
ޝަރުޠު:
|
ޖީ.ސީ.އީ އޯ ލެވެލް ހާސިލްކޮށްފައިވުން.
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވުން.
މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- އޮޕަރޭޝަނަލް އަދި ޕްރޮޑަކްޝަން ބޭނުންތަކާ އެއްގޮތަށް، މުދާ ހޯދުމަށް ހުށަހަޅާ ރިކުއިޒިޝަންތަކާއި، ޕާޗޭސް އޯޑަރުތައް ލަސްނުކޮށް ކުރިއަށް ގެންދިއުމާއި، މުދާ ލިބެންޖެހޭ ވަގުތަށް ލިބޭކަން ކަށަވަރުކޮށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް މެނޭޖްކުރުން.
- ރާއްޖެއާއި ބޭރުގައުމުތަކުން މުދާ ހޯދުމުގެ މަސައްކަތްތައް ސުޕަވައިޒްކުރުން؛ މީގެ ތެރޭގައި މުދާ ގަންނާނެ ފަރާތްތައް ހޯދުމާއި، ކޯޓޭޝަންތައް އިވެލުއޭޓްކުރުމާއި، އަގު މުާމަލާތްކުރުމާއި، އޯޑަރު ދިނުމުގެ އިތުރުން މުދާ ލިބެންދެން ކުރަންޖެހޭ ފޮލޯއަޕްތައް ހިމެނެއެވެ.
- ކަމާގުޅޭ ދާއިރާތަކާ ގުޅިގެން ޕްރޮކިއުމަންޓް ޕްލޭންތަކާއި ބަޖެޓް ތައްޔާރުކުރުމާއި، ޚަރަދުތައް މޮނިޓަރކުރުމުގެ އިތުރުން، އޮޕަރޭޝަނަލް ބޭނުންތަކަށާއި ކަނޑައެޅިފައިވާ ބަޖެޓަށް ރިއާޔަތްކޮށް އިސްކަންދޭންޖެހޭ ކަންކަން ތަރުތީބުކުރުން.
- މުދާ ފޯރުކޮށްދޭ ފަރާތްތަކާ އެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމާއި، އެފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، އެންމެ ފައިދާހުރި އަގުތަކާއި ފައިސާ ދައްކާނެ ގޮތްތަކާ މެދު އެއްބަސްވުމާއި، އަދި ކޮންޓްރެކްޓްގެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުން.
- ބޭރުން ގެންނަ މުދާ ފޮނުވުމާއި، ފްރައިޓް ފޯވާޑިންގ، ޝިޕިންގ ތާވަލުތައް ބެލެހެއްޓުމާއި، ކަސްޓަމްސް ކްލިއަރެންސްގެ މަސައްކަތްތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ވިލަރެސްކޮށް، މުދާ ގަޑިއަށް ލިބޭނެކަން ކަށަވަރުކުރުން.
- މުހިންމު މުދަލުގެ ސްޓޮކް ހުރި މިންވަރު ބެލުމާއި، އަލުން އޯޑަރު ކުރަންޖެހޭ މިންވަރުތައް ކަނޑައަޅައި މުރާޖައާކުރުމުގެ އިތުރުން، މުދާ ހުސްވިޔަނުދީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އޮޕަރޭޝަނަލް އަދި ޕްރޮޑަކްޝަން ޓީމުތަކާ ގުޅިގެން މަސައްކަތްކުރުން
- ޓެންޑަރ ކުރުމުގެ މަރުހަލާތައް ވިލަރެސްކުރުމާއި، ޕްރޮކިއުމަންޓާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް މުރާޖައާކުރުމާއި، ބިޑް އިވެލުއޭޝަންގެ ކަންކަން ބެލެހެއްޓުމާއި، ކޮމިޓީ ބައްދަލުވުންތައް އިންތިޒާމުކުރުމުގެ އިތުރުން ބޭނުންވާ ހުއްދަތައް ހޯދުމަށް ރިކޮމެންޑޭޝަންތައް ހުށަހެޅުން.
- ޕްރޮކިއުމަންޓްގެ ހުރިހާ ހަރަކާތްތަކެއް ކުންފުނީގެ ސިޔާސަތުތަކާއި، ގާނޫނީ އުސޫލުތަކާއި، ކަނޑައެޅިފައިވާ ހުއްދަތަކުގެ އިމުގެ ތެރެއިން ކުރިއަށްދާކަން ކަށަވަރުކުރުމާއެކު، ޕްރޮކިއުމަންޓާއި ސަޕްލައި ޗެއިންއާ ގުޅުންހުރި ނުރައްކާތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ފިޔަވަޅު އެޅުން.
- ޕްރޮކިއުމަންޓް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، މަސައްކަތްތައް ބަހާލުމާއި، ފެންވަރު ބެލުމުގެ އިތުރުން، ޕްރޮކިއުމަންޓް ބޭނުންތައް ފުއްދުމަށްޓަކައި ފައިނޭންސް، އޮޕަރޭޝަންސް، ޕްރޮޑަކްޝަން އަދި އެހެނިހެން ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.
- ޕްރޮކިއުމަންޓް ރިޕޯޓްތައް ތައްޔާރުކުރުމާއި، އަވަސް ބޭނުންތަކާއި ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ހުރި މައްސަލަތައް ފާހަގަކޮށް ހައްލު
- ހުށަހެޅުމާއި، އަދި ޖެނެރަލް މެނޭޖަރ - ޕްރޮކިއުމަންޓް ދެއްވާ އިރުޝާދުތަކާއި ޕްރޮކިއުމަންޓް ސްޓްރެޓެޖީތައް ތަންފީޒުކުރުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
ބ- ޕޮލިސްރިޕޯޓް.
|
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ
އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 27 އޮކްޓޯބަރ 2026 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިންނެވެ.
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|
|
ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.
|