ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/148
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 27 އޮކްޓޫބަރު 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މެނޭޖަރ - ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް /މިފްކޯ ހެޑް އޮފީސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސީނިއަރ މެނޭޖަރ

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް /މިފްކޯ ހެޑް އޮފީސް

މުސާރަ

  ރުފިޔާ15,500.00  

އިތުރު ޢިނާޔަތްތައް:

އެގްޒެކެޓިވް އެލަވަންސް:  8,250.00    ރުފިޔާ

ސީނިއަރ ސްޓާފް އެލަވަންސް:  8,250.00    ރުފިޔާ

ޝަރުޠު:

ޖީ.ސީ.އީ އޯ ލެވެލް ހާސިލްކޮށްފައިވުން.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވުން.

މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އޮޕަރޭޝަނަލް އަދި ޕްރޮޑަކްޝަން ބޭނުންތަކާ އެއްގޮތަށް، މުދާ ހޯދުމަށް ހުށަހަޅާ ރިކުއިޒިޝަންތަކާއި، ޕާޗޭސް އޯޑަރުތައް ލަސްނުކޮށް ކުރިއަށް ގެންދިއުމާއި، މުދާ ލިބެންޖެހޭ ވަގުތަށް ލިބޭކަން ކަށަވަރުކޮށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް މެނޭޖްކުރުން.
  • ރާއްޖެއާއި ބޭރުގައުމުތަކުން މުދާ ހޯދުމުގެ މަސައްކަތްތައް ސުޕަވައިޒްކުރުން؛ މީގެ ތެރޭގައި މުދާ ގަންނާނެ ފަރާތްތައް ހޯދުމާއި، ކޯޓޭޝަންތައް އިވެލުއޭޓްކުރުމާއި، އަގު މުާމަލާތްކުރުމާއި، އޯޑަރު ދިނުމުގެ އިތުރުން މުދާ ލިބެންދެން ކުރަންޖެހޭ ފޮލޯއަޕްތައް ހިމެނެއެވެ.
  • ކަމާގުޅޭ ދާއިރާތަކާ ގުޅިގެން ޕްރޮކިއުމަންޓް ޕްލޭންތަކާއި ބަޖެޓް ތައްޔާރުކުރުމާއި، ޚަރަދުތައް މޮނިޓަރކުރުމުގެ އިތުރުން، އޮޕަރޭޝަނަލް ބޭނުންތަކަށާއި ކަނޑައެޅިފައިވާ ބަޖެޓަށް ރިއާޔަތްކޮށް އިސްކަންދޭންޖެހޭ ކަންކަން ތަރުތީބުކުރުން.
  • މުދާ ފޯރުކޮށްދޭ ފަރާތްތަކާ އެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމާއި، އެފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، އެންމެ ފައިދާހުރި އަގުތަކާއި ފައިސާ ދައްކާނެ ގޮތްތަކާ މެދު އެއްބަސްވުމާއި، އަދި ކޮންޓްރެކްޓްގެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުން.
  • ބޭރުން ގެންނަ މުދާ ފޮނުވުމާއި، ފްރައިޓް ފޯވާޑިންގ، ޝިޕިންގ ތާވަލުތައް ބެލެހެއްޓުމާއި، ކަސްޓަމްސް ކްލިއަރެންސްގެ މަސައްކަތްތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ވިލަރެސްކޮށް، މުދާ ގަޑިއަށް ލިބޭނެކަން ކަށަވަރުކުރުން.
  • މުހިންމު މުދަލުގެ ސްޓޮކް ހުރި މިންވަރު ބެލުމާއި، އަލުން އޯޑަރު ކުރަންޖެހޭ މިންވަރުތައް ކަނޑައަޅައި މުރާޖައާކުރުމުގެ އިތުރުން، މުދާ ހުސްވިޔަނުދީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އޮޕަރޭޝަނަލް އަދި ޕްރޮޑަކްޝަން ޓީމުތަކާ ގުޅިގެން މަސައްކަތްކުރުން
  • ޓެންޑަރ ކުރުމުގެ މަރުހަލާތައް ވިލަރެސްކުރުމާއި، ޕްރޮކިއުމަންޓާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް މުރާޖައާކުރުމާއި، ބިޑް އިވެލުއޭޝަންގެ ކަންކަން ބެލެހެއްޓުމާއި، ކޮމިޓީ ބައްދަލުވުންތައް އިންތިޒާމުކުރުމުގެ އިތުރުން ބޭނުންވާ ހުއްދަތައް ހޯދުމަށް ރިކޮމެންޑޭޝަންތައް ހުށަހެޅުން.
  • ޕްރޮކިއުމަންޓްގެ ހުރިހާ ހަރަކާތްތަކެއް ކުންފުނީގެ ސިޔާސަތުތަކާއި، ގާނޫނީ އުސޫލުތަކާއި، ކަނޑައެޅިފައިވާ ހުއްދަތަކުގެ އިމުގެ ތެރެއިން ކުރިއަށްދާކަން ކަށަވަރުކުރުމާއެކު، ޕްރޮކިއުމަންޓާއި ސަޕްލައި ޗެއިންއާ ގުޅުންހުރި ނުރައްކާތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ފިޔަވަޅު އެޅުން.
  • ޕްރޮކިއުމަންޓް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، މަސައްކަތްތައް ބަހާލުމާއި، ފެންވަރު ބެލުމުގެ އިތުރުން، ޕްރޮކިއުމަންޓް ބޭނުންތައް ފުއްދުމަށްޓަކައި ފައިނޭންސް، އޮޕަރޭޝަންސް، ޕްރޮޑަކްޝަން އަދި އެހެނިހެން ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.
  • ޕްރޮކިއުމަންޓް ރިޕޯޓްތައް ތައްޔާރުކުރުމާއި، އަވަސް ބޭނުންތަކާއި ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ހުރި މައްސަލަތައް ފާހަގަކޮށް ހައްލު
  • ހުށަހެޅުމާއި، އަދި ޖެނެރަލް މެނޭޖަރ - ޕްރޮކިއުމަންޓް ދެއްވާ އިރުޝާދުތަކާއި ޕްރޮކިއުމަންޓް ސްޓްރެޓެޖީތައް ތަންފީޒުކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

  އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ  27 އޮކްޓޯބަރ   2026 ވަނަ ދުވަހު މެންދުރު  12:00 ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932ފޯނަށް ގުޅުއްވުން އެދެމެވެ.

20 އޮކްޓޫބަރު 2026