ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ ވަގުތީ މަސްމާރުކޭޓުގައި އަމިއްލަތަކެތީގައި މަސައްކަތްތަކެއް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ ވަގުތީ މަސްމާރުކޭޓުގައި އަމިއްލަތަކެތީގައި މަސައްކަތްތަކެއް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ކޮޅުމަޑުލު ތިމަރަފުށީ އަލަށް އިމާރާތްކޮށްފައިވާ ވަގުތީ މަސްމާރުކޭޓުގައި، މި ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އިރުޝާދާޢި އެއްގޮތަށް، އަމިއްލަ ތަކެތީގައި މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

ރަޖިސްޓްރީކުރުން؛ 

މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

ޕްރީބިޑް މީޓިން؛ 

މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 18 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހު 13:00 ގައެވެ. މި މަޢުލޫމާތު ސެޝަންއަށް ހާޒިރުވުމުން، ބީލަމުގައި ރަޖިސްޓަރީ ކޮށްދެވޭނެއެވެ. އަދި ސައިޓް ވިޒިޓިން އޮންނާނީ 18 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހު 13:30 ގައެވެ.

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 21 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 10:59 ގެ ކުރިން

ބީލަން ކެނޑުން؛ 

ބީލަން ކެނޑުމުގެ ސުންގަޑިއަކީ 21 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 11:00 ގައި

އެހެނިހެން ކަންކަން؛ 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  • ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 21 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

14 އޮކްޓޯބަރ 2026

 

14 އޮކްޓޫބަރު 2026
ހޯދާ