ދިވެހިރާއްޖެ
އިޢުލާނު
ކޮޅުމަޑުލު ތިމަރަފުށީ ވަގުތީ މަސްމާރުކޭޓުގައި އަމިއްލަތަކެތީގައި މަސައްކަތްތަކެއް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ކޮޅުމަޑުލު ތިމަރަފުށީ އަލަށް އިމާރާތްކޮށްފައިވާ ވަގުތީ މަސްމާރުކޭޓުގައި، މި ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އިރުޝާދާޢި އެއްގޮތަށް، އަމިއްލަ ތަކެތީގައި މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.
|
ރަޖިސްޓްރީކުރުން؛ |
މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. |
|
ޕްރީބިޑް މީޓިން؛ |
މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 18 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހު 13:00 ގައެވެ. މި މަޢުލޫމާތު ސެޝަންއަށް ހާޒިރުވުމުން، ބީލަމުގައި ރަޖިސްޓަރީ ކޮށްދެވޭނެއެވެ. އަދި ސައިޓް ވިޒިޓިން އޮންނާނީ 18 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހު 13:30 ގައެވެ. |
|
ބިޑް ހުށަހެޅުން؛ |
ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 21 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 10:59 ގެ ކުރިން |
|
ބީލަން ކެނޑުން؛ |
ބީލަން ކެނޑުމުގެ ސުންގަޑިއަކީ 21 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 11:00 ގައި |
|
އެހެނިހެން ކަންކަން؛ |
|
14 އޮކްޓޯބަރ 2026