އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ ޓޫރިޒަމް ޒޯނާއި، ދޯނިއެހިލާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން

އިޢުލާން

  • މިރަށުގެ ޓޫރިޒަމް ޒޯނާއި، ދޯނިއެހިލާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން

                

   ތިރީގައިމިދަންވާ 2 ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިންނަށް ފައިސާއިން ބަދަލު ދިނުމަށް މި ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއްޖެއެވެ.

  1. މިރަށުގެ ޓޫރިޒަމްޒޯން 2 ގެ ބިން 1 އަދި ބިން 4،  މިބިމަކީ މި ކައުންސިލުން ޓޫރިޒަމް ތަރައްޤީކުރުމަށް މިހާރު ދޫކޮއްފައިވާ ސަހަރާމަގުން ފެށިގެން ޓޫރިޒަމް ޒޯން ބިން 2 (ރަންތަރި ކުންފުންޏަށް ދޫކޮއްފައިވާ) ބިމާއި، ބުރުޒުމަގުން ފެށިގެން ގޮނޑުދޮށާ ހަމަޔަށް ވާ ސަރަޙައްދުގައި ހުރި އަމިއްލަ މީހުންގެ ރުށްގަސް،
  2. ދޯނިފަހަރު އެހިލާ ބޭލުމާއި، މަރާމާތުކުރުމަށް ޚާއްޞަކޮށް، ވަށާފާރު ރާނާފައިވާ ސަރަޙައްދުގެ(ދޯނިއެހެލާ ބަނދަރު) އެތެރޭގައިވާ އަމިއްލަ މީހުންގެ ހުރިހާ ރުއްގަސް،

             މިހެންކަމުން، މި 2 ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން 2026 އޮކްޓޫބަރު 18 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން ވެރިފަރާތުގެ ނަން، ނުވަތަ އެފަރާތަކަށް ކައުންސިލުން ދީފައިވާ ކޯޑު ނަމްބަރ ރުއްގަހުގައި ޖެހުމަށް އެންގީމެވެ. މިތާރީޚުގެ ފަހުން މިރުއްތަށް ނަގާ ސާފުކުރުމުގެ މަސައްކަތްތަށް ކުރިއަށް ގެންދާނެ ވާހަކަވެސް މިފުރުޞަތުގައި ހަދާންކޮއްދެމެވެ.

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

             2 ޖުމާދަލްއޫލާ 1447

             12 އޮކްޓޫބަރު 2026

13 އޮކްޓޫބަރު 2026
ހޯދާ