ދެންނެވުން
ނަންބަރު: (IUL)342/INDIV/2026/108
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި:
18 އޮކްޓޫބަރު 2026 12:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިރަށުގެ ޓޫރިޒަމް ޒޯނާއި، ދޯނިއެހިލާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން
އިޢުލާން
- މިރަށުގެ ޓޫރިޒަމް ޒޯނާއި، ދޯނިއެހިލާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިން ހޯދުން
ތިރީގައިމިދަންވާ 2 ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިންނަށް ފައިސާއިން ބަދަލު ދިނުމަށް މި ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއްޖެއެވެ.
- މިރަށުގެ ޓޫރިޒަމްޒޯން 2 ގެ ބިން 1 އަދި ބިން 4، މިބިމަކީ މި ކައުންސިލުން ޓޫރިޒަމް ތަރައްޤީކުރުމަށް މިހާރު ދޫކޮއްފައިވާ ސަހަރާމަގުން ފެށިގެން ޓޫރިޒަމް ޒޯން ބިން 2 (ރަންތަރި ކުންފުންޏަށް ދޫކޮއްފައިވާ) ބިމާއި، ބުރުޒުމަގުން ފެށިގެން ގޮނޑުދޮށާ ހަމަޔަށް ވާ ސަރަޙައްދުގައި ހުރި އަމިއްލަ މީހުންގެ ރުށްގަސް،
- ދޯނިފަހަރު އެހިލާ ބޭލުމާއި، މަރާމާތުކުރުމަށް ޚާއްޞަކޮށް، ވަށާފާރު ރާނާފައިވާ ސަރަޙައްދުގެ(ދޯނިއެހެލާ ބަނދަރު) އެތެރޭގައިވާ އަމިއްލަ މީހުންގެ ހުރިހާ ރުއްގަސް،
މިހެންކަމުން، މި 2 ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން 2026 އޮކްޓޫބަރު 18 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން ވެރިފަރާތުގެ ނަން، ނުވަތަ އެފަރާތަކަށް ކައުންސިލުން ދީފައިވާ ކޯޑު ނަމްބަރ ރުއްގަހުގައި ޖެހުމަށް އެންގީމެވެ. މިތާރީޚުގެ ފަހުން މިރުއްތަށް ނަގާ ސާފުކުރުމުގެ މަސައްކަތްތަށް ކުރިއަށް ގެންދާނެ ވާހަކަވެސް މިފުރުޞަތުގައި ހަދާންކޮއްދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.
2 ޖުމާދަލްއޫލާ 1447
12 އޮކްޓޫބަރު 2026
13 އޮކްޓޫބަރު 2026