މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ކައުންސިލްގެ ފަރާތުން މާކުރަތު ޕިކްނިކް ބީޗް އަދި އޮޑި އެހެލާ ސަރަޙައްދަށް އަޅަންޖެހޭ ކޭބަލްތައް ވަޅުލުމަށް ކޮންނަންޖެހޭ ކޯރުތައް ކޮނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް

  1. ކައުންސިލްގެ ފަރާތުން ކޯރު ކޮނެ ވަޅުލަންޖެހޭ ކޭބަލްތައް ވަޅުލުމާއި، ކޯރަށް ފަސްލުން.
  2. ރ.މާކުރަތު ފެންޕްލާންޓް ކުރިމަތީ ފޮށިން ފެށިގެން ޕިކްނިކް ބީޗަށް 470 ފޫޓު
  3. ރ.މާކުރަތު އޯކިޑްމާގެ ކުރިމަތީ ފޮށިން ފެށިގެން އޮޑިއެހެލާ ސަރަޙަދަށް 280 ފޫޓު

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ([email protected]) ށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކޯޓޭޝަން ހުށަހަޅުއްވާއިރު ތިރީގައި ދެންނެވީފައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

  1. މަސައްކަތަށް ކަނޑައަޅާ އަގު އެނގޭނެ ގޮތަށް ތަފްޞީލާއެކު ހުށަހެޅުން (ކޯޓޭޝަން)

މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، މިކައުންސިލްގެ ނަންބަރު 6584030 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

05 އޮކްޓޫބަރު 2026
ހޯދާ