ދިވެހިރާއްޖެ
ކައުންސިލްގެ ފަރާތުން މާކުރަތު ޕިކްނިކް ބީޗް އަދި އޮޑި އެހެލާ ސަރަޙައްދަށް އަޅަންޖެހޭ ކޭބަލްތައް ވަޅުލުމަށް ކޮންނަންޖެހޭ ކޯރުތައް ކޮނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް
- ކައުންސިލްގެ ފަރާތުން ކޯރު ކޮނެ ވަޅުލަންޖެހޭ ކޭބަލްތައް ވަޅުލުމާއި، ކޯރަށް ފަސްލުން.
- ރ.މާކުރަތު ފެންޕްލާންޓް ކުރިމަތީ ފޮށިން ފެށިގެން ޕިކްނިކް ބީޗަށް 470 ފޫޓު
- ރ.މާކުރަތު އޯކިޑްމާގެ ކުރިމަތީ ފޮށިން ފެށިގެން އޮޑިއެހެލާ ސަރަޙަދަށް 280 ފޫޓު
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ([email protected]) ށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކޯޓޭޝަން ހުށަހަޅުއްވާއިރު ތިރީގައި ދެންނެވީފައިވާ ކަންތައްތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.
- މަސައްކަތަށް ކަނޑައަޅާ އަގު އެނގޭނެ ގޮތަށް ތަފްޞީލާއެކު ހުށަހެޅުން (ކޯޓޭޝަން)
މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، މިކައުންސިލްގެ ނަންބަރު 6584030 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.