ދިވެހިރާއްޖެ
މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)245-MIM/245/2025/44 އިއުލާނާ ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން “ ތިލަދުންމަތީ އުތުރުބުރީ އުލިގަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު: ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ޙާލަތަކަށް ބަދަލު އައިސްފައިވާ ފަރާތްތަކުން 2026 އޮކްޓޯބަރު 11 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން ސިޓީއަކުން އެކަން މި ކައުންސިލަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތުން ޙާލަތު ބަދަލުވެފައިވާ ފަރާތްތަކުން އެކަމަށް ބާރުދޭ ހެތްކާއި ލިޔެކިޔުންތަކާއެކު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލު ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީ ގަޑީގައި 6501014 ނަންބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.
13 ރަބީޢުލްއާޚިރު 1448
24 ސެޕްޓެމްބަރ 2026
