ދެންނެވުން
ނަންބަރު: (IUL)245-ESD/245/2026/73
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 19:51
ސުންގަޑި: 11 އޮކްޓޫބަރު 2026 13:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާގުޅޭ

     މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު: (IUL)245-MIM/245/2025/44 އިއުލާނާ ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން “ ތިލަދުންމަތީ އުތުރުބުރީ އުލިގަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު: ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ޙާލަތަކަށް ބަދަލު އައިސްފައިވާ ފަރާތްތަކުން 2026 އޮކްޓޯބަރު 11 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން ސިޓީއަކުން އެކަން މި ކައުންސިލަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތުން ޙާލަތު ބަދަލުވެފައިވާ ފަރާތްތަކުން އެކަމަށް ބާރުދޭ ހެތްކާއި ލިޔެކިޔުންތަކާއެކު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

     މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  [email protected] އަށް މެއިލު ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީ ގަޑީގައި 6501014 ނަންބަރަށް ގުޅުއްވުން އެދެމެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

‏     13‏ ރަބީޢުލްއާޚިރު‏ 1448

‏     24‏ ސެޕްޓެމްބަރ‏ 2026

24 ސެޕްޓެންބަރު 2026