ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން ނަމްބަރު: MNU-PAMD/2026/117 (ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިމާރާތުގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ކެފޭ / ރެސްޓޯރަންޓް ކުއްޔަށް ދިނުން) އިޞްލާޙް - 1
އިޞްލާޙް-1
|
އިއުލާން ނަންބަރު |
MNU-CA-PAMD/2026/117 |
|
އިއުލާނުގެ ތާރީޚް |
14 ސެޕްޓެމްބަރ 2026 |
|
ބީލަމުގެ ނަން |
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިމާރާތުގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ކެފޭ / ރެސްޓޯރަންޓް ކުއްޔަށް ދިނުން |
މި ޔުނިވަރސިޓީން 14 ސެޕްޓެމްބަރ 2026 ގައި ކުރި ނަންބަރު: MNU-CA-PAMD/2026/117 (ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިމާރާތުގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ކެފޭ / ރެސްޓޯރަންޓް ކުއްޔަށް ދިނުން) އިއުލާނު ކުރި ފަހުން، މި އިޢުލާންގެ ސެކްޝަން 3 (މަސައްކަތާއި ގުޅޭ މަޢުލޫމާތު) އަށް ވަނީ ބަދަލު ގެނެވިފައެވެ.
- އިޢުލާނާއެކު ހިމަނާފައިވާ "ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިމާރާތުގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ކެފޭ / ރެސްޓޯރަންޓް ކުއްޔަށްދިނުމާއި ގުޅޭ ގޮތުން ދެވޭ މައުލޫމާތު" ގެ ނަމްބަރު 2 "ކެފޭ/ ރެސްޓޯރަންޓް ކުއްޔަށް ދެވޭ މުއްދަތު" އަށް ވަނީ ބަދަލު ގެނެވިފައެވެ. މި ގޮތުން ގެނެވުނު ބަދަލުތަށް އެވަނީ ތިރީގައި ބަޔާންކޮށްފައެވެ.
- "މިކެފޭ / ރެސްޓޯރަންޓް (ނުވަތަ މިތަން) ފުރަތަމަ ކުއްޔަށް ދެވޭނީ މީލާދީ 6 (ހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޔުނިވަރސިޓީއަށް ޤަބޫލުކުރެވޭ ފެންވަރަށް ކެންޓީނުގެ ޚިދުމަތް ދީފައިވާނަމަ އިތުރު 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތައް އެއްބަސްވުން އިތުރު ކުރެވޭނެއެވެ. މިފަދައިން އެއްބަސްވުން އާކޮށް މުއްދަތު އިތުރުކުރެވޭނީ، ކުއްޔަށް ހިފިފަރާތުން ފުރަތަމަ އެއްބަސްވެވޭ 6 އަހަރުގެ މުއްދަތުގައި ޔުނިވަރސިޓީއަށް ޤަބޫލުކުރެވޭ ފެންވަރަކަށް ކެންޓީނުގެ ޚިދުމަތްތައް ދިނުމުގެ އިތުރުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން ކުއްޔަށް ހިފާފަރާތަށް ކަމެއް އިސްލާޙުކުރުމަށް އަންގާފައިވާކަން ލިޔެކިޔުމުން ފެންނަން ނެތްނަމަ، ނުވަތަ މިފަދައިން އަންގާފައިވާ އެންގުންތަކަށް ފުރިހަމައަށް އިޖާބަދީފައިވާނަމައެވެ."
- "މި ކެފޭ / ރެސްޓޯރަންޓް ހިންގުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި، އަދި ތަން ހެދުމަށް 90 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ކުއްޔަށް ދޫކުރެވޭ 6 އަހަރު ދުވަހުގެ މުއްދަތު ގުނަންފެށޭނީ ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭ (90 ދުވަހުގެ) މުއްދަތު ނިމުމަށްފަހުއެވެ."
- ބަދަލުވި މަޢުލޫމާތު ކަރުދާސް މި އިޞްލާޙާއި އެއްހީރަސްކުރެވިފައިވާނެއެވެ. އަދި ބަދަލު ގެނެވުނު ބައިތައް ރަތް ކުލައިން ފާހަގަކޮށްފައިވާނެއެވެ.
- މި އިޢުލާންގެ ބީލަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 10:00 ގައެވެ.
- މިނޫން، އެއްވެސް މަޢުލޫމާތެއް ނުވަތަ ބަދަލެއް މި އިޢުލާނަށް ގެނެވިފައެއް ނުވެއެވެ.
މިހެންވެ، މަޢުލޫމާތަށް ޓަކައި މިވާހަކަ ދެންނެވީމެވެ.
23 ސެޕްޓެންބަރު 2026
ހޯދާ
