ޢާންމު މަޢުލޫމާތު
ނަންބަރު: MNU-CA-PAMD/AM/2026/22
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 14 އޮކްޓޫބަރު 2026 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިޢުލާން ނަމްބަރު: MNU-PAMD/2026/117 (ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިމާރާތުގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ކެފޭ / ރެސްޓޯރަންޓް ކުއްޔަށް ދިނުން) އިޞްލާޙް - 1

އިޞްލާޙް-1

އިއުލާން ނަންބަރު

MNU-CA-PAMD/2026/117

އިއުލާނުގެ ތާރީޚް

14 ސެޕްޓެމްބަރ 2026

ބީލަމުގެ ނަން

ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިމާރާތުގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ކެފޭ / ރެސްޓޯރަންޓް ކުއްޔަށް ދިނުން

 

 

މި ޔުނިވަރސިޓީން 14 ސެޕްޓެމްބަރ 2026 ގައި ކުރި ނަންބަރު: MNU-CA-PAMD/2026/117 (ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިމާރާތުގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ކެފޭ / ރެސްޓޯރަންޓް ކުއްޔަށް ދިނުން) އިއުލާނު ކުރި ފަހުން، މި އިޢުލާންގެ ސެކްޝަން 3 (މަސައްކަތާއި ގުޅޭ މަޢުލޫމާތު) އަށް ވަނީ ބަދަލު ގެނެވިފައެވެ.

 

  1. އިޢުލާނާއެކު ހިމަނާފައިވާ "ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އިމާރާތުގެ ގޯތިތެރޭގައި ގާއިމްކޮށްފައިވާ ކެފޭ / ރެސްޓޯރަންޓް ކުއްޔަށްދިނުމާއި ގުޅޭ ގޮތުން ދެވޭ މައުލޫމާތު" ގެ ނަމްބަރު 2 "ކެފޭ/ ރެސްޓޯރަންޓް ކުއްޔަށް ދެވޭ މުއްދަތު" އަށް ވަނީ ބަދަލު ގެނެވިފައެވެ. މި ގޮތުން ގެނެވުނު ބަދަލުތަށް އެވަނީ ތިރީގައި ބަޔާންކޮށްފައެވެ.
  •  "މިކެފޭ / ރެސްޓޯރަންޓް (ނުވަތަ މިތަން) ފުރަތަމަ ކުއްޔަށް ދެވޭނީ މީލާދީ 6 (ހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޔުނިވަރސިޓީއަށް ޤަބޫލުކުރެވޭ ފެންވަރަށް ކެންޓީނުގެ ޚިދުމަތް ދީފައިވާނަމަ އިތުރު 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތައް އެއްބަސްވުން އިތުރު ކުރެވޭނެއެވެ. މިފަދައިން އެއްބަސްވުން އާކޮށް މުއްދަތު އިތުރުކުރެވޭނީ، ކުއްޔަށް ހިފިފަރާތުން ފުރަތަމަ އެއްބަސްވެވޭ 6 އަހަރުގެ މުއްދަތުގައި ޔުނިވަރސިޓީއަށް ޤަބޫލުކުރެވޭ ފެންވަރަކަށް ކެންޓީނުގެ ޚިދުމަތްތައް ދިނުމުގެ އިތުރުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރުމުގެ ސަބަބުން ކުއްޔަށް ހިފާފަރާތަށް ކަމެއް އިސްލާޙުކުރުމަށް އަންގާފައިވާކަން ލިޔެކިޔުމުން ފެންނަން ނެތްނަމަ، ނުވަތަ މިފަދައިން އަންގާފައިވާ އެންގުންތަކަށް ފުރިހަމައަށް އިޖާބަދީފައިވާނަމައެވެ."
  • "މި ކެފޭ / ރެސްޓޯރަންޓް ހިންގުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި، އަދި ތަން ހެދުމަށް 90 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ކުއްޔަށް ދޫކުރެވޭ 6 އަހަރު ދުވަހުގެ މުއްދަތު ގުނަންފެށޭނީ ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭ (90 ދުވަހުގެ) މުއްދަތު ނިމުމަށްފަހުއެވެ."
  1. ބަދަލުވި މަޢުލޫމާތު ކަރުދާސް މި އިޞްލާޙާއި އެއްހީރަސްކުރެވިފައިވާނެއެވެ. އަދި ބަދަލު ގެނެވުނު ބައިތައް ރަތް ކުލައިން ފާހަގަކޮށްފައިވާނެއެވެ.
  2. މި އިޢުލާންގެ ބީލަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 10:00 ގައެވެ.
  3. މިނޫން، އެއްވެސް މަޢުލޫމާތެއް ނުވަތަ ބަދަލެއް މި އިޢުލާނަށް ގެނެވިފައެއް ނުވެއެވެ.

 

މިހެންވެ، މަޢުލޫމާތަށް ޓަކައި މިވާހަކަ ދެންނެވީމެވެ.

23 ސެޕްޓެންބަރު 2026