ދިވެހިރާއްޖެ
މި ވުޒާރާގެ ނަންބަރު (IUL)13-E/13/2026/152 (17 އޮގަސްޓް 2026) އަދި (IUL)13-E/13/2026/158 (24 އޮގަސްޓް 2026) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. މި ވުޒާރާއަށް ބޭނުންވާ ސޮފްޓްވެއަރ ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް / ޓީ.އޯ.އާރ (TOR) އަށް ބަދަލުތަކެއް ގެނެވިފައިވާތީ، އިޢުލާން އަލުން ގެޒެޓްކޮށް، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އެހެންކަމުން، އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު ތިރީގައިވާ ގޮތަށް ބަދަލު ގެނެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 24 ސެޕްޓެމްބަރ 2026، 13:30 އަށް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
