ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)13-E/13/2026/184
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 24 ސެޕްޓެންބަރު 2026 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ ބައެއް ސޮފްޓްވެއަރ ލައިސަންސް ސަޕްލައިކުރުން.

     މި ވުޒާރާގެ ނަންބަރު (IUL)13-E/13/2026/152 (17 އޮގަސްޓް 2026) އަދި (IUL)13-E/13/2026/158 (24 އޮގަސްޓް 2026)  އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. މި ވުޒާރާއަށް ބޭނުންވާ ސޮފްޓްވެއަރ ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް / ޓީ.އޯ.އާރ (TOR) އަށް ބަދަލުތަކެއް ގެނެވިފައިވާތީ، އިޢުލާން އަލުން ގެޒެޓްކޮށް، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އެހެންކަމުން، އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު ތިރީގައިވާ ގޮތަށް ބަދަލު ގެނެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

     އަންދާސީ ހިސާބު ހުށަހެޅުން: 24 ސެޕްޓެމްބަރ 2026، 13:30 އަށް

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

21 ސެޕްޓެންބަރު 2026