ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތް 2026

ޢަލީ ފަހުމީގެ ވާދައިގެ ތަށްޓަށް ބާއްވާ އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތް – 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފީމެވެ.

(1)   މި މުބާރާތް އޮންނާނީ ތިރީގައި މި ވާ 2 ގިންތިއަށެވެ.

      ހ. އޮފީސްތަކުގެ ބައި (ވުޒާރާ/މުއައްސަސާ/ސަރުކާރު ހިއްސާވާ ކުންފުނި/އަމިއްލަ ކުންފުނި/އަމިއްލަ އޮފީސް)

      ށ. އަމިއްލަ ފަރާތްތަކުގެ ބައި

(2) މުބާރާތުގައި ހިމެނެނީ ބަހައިލައިފައިވަނީ މައިގަނޑު 3 ބަޔަކަށެވެ.

      ހ. ރީތިލިޔުން

      ށ. އަވަސްލިޔުން

      ނ. އަތްތެރިލިޔުން

(3) މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މުބާރާތް ބަހައިލެވިފައިވާ މައިގަނޑު 3 ބައިގެ ތެރެއިން ކޮންމެ ބަޔަކުން ވެސް ބައިވެރިކުރެވޭނީ ގިނަވެގެން 5 މުވައްޒަފުންނެވެ.

(4) އަމިއްލަ ފަރާތްތަކުން ބައިވެރިވެވޭނީ 2025 ޑިސެންބަރު 31އަށް 18 އަހަރު ފުރިފައިވާ މީހުންނަށެވެ.

(5) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކަމަށް އެދި، 2026 އޮކުޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމު ފުރިހަމަކުރަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ފޯމު ފުރާނީ

https://forms.gle/W9vyTH1x3XKgzDGx9  މި ލިންކުންނެވެ.

(6) މުބާރާތާ ގުޅޭ އެކިއެކި ކަންކަމުގައި މޭލުކުރާނީ [email protected] އަށެވެ.

(7) މި މުބާރާތުގެ ގަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް، މި އެކެޑަމީގެ ވެބްސައިޓު www.dhivehiacademy.edu.mv ން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު މި އެކެޑަމީގެ ނަންބަރު 7772816ން ލިބޭނެއެވެ.

21 ސެޕްޓެންބަރު 2026
ހޯދާ