ދިވެހިރާއްޖެ
ޢަލީ ފަހުމީގެ ވާދައިގެ ތަށްޓަށް ބާއްވާ އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތް – 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފީމެވެ.
(1) މި މުބާރާތް އޮންނާނީ ތިރީގައި މި ވާ 2 ގިންތިއަށެވެ.
ހ. އޮފީސްތަކުގެ ބައި (ވުޒާރާ/މުއައްސަސާ/ސަރުކާރު ހިއްސާވާ ކުންފުނި/އަމިއްލަ ކުންފުނި/އަމިއްލަ އޮފީސް)
ށ. އަމިއްލަ ފަރާތްތަކުގެ ބައި
(2) މުބާރާތުގައި ހިމެނެނީ ބަހައިލައިފައިވަނީ މައިގަނޑު 3 ބަޔަކަށެވެ.
ހ. ރީތިލިޔުން
ށ. އަވަސްލިޔުން
ނ. އަތްތެރިލިޔުން
(3) މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މުބާރާތް ބަހައިލެވިފައިވާ މައިގަނޑު 3 ބައިގެ ތެރެއިން ކޮންމެ ބަޔަކުން ވެސް ބައިވެރިކުރެވޭނީ ގިނަވެގެން 5 މުވައްޒަފުންނެވެ.
(4) އަމިއްލަ ފަރާތްތަކުން ބައިވެރިވެވޭނީ 2025 ޑިސެންބަރު 31އަށް 18 އަހަރު ފުރިފައިވާ މީހުންނަށެވެ.
(5) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކަމަށް އެދި، 2026 އޮކުޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމު ފުރިހަމަކުރަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ފޯމު ފުރާނީ
https://forms.gle/W9vyTH1x3XKgzDGx9 މި ލިންކުންނެވެ.
(6) މުބާރާތާ ގުޅޭ އެކިއެކި ކަންކަމުގައި މޭލުކުރާނީ [email protected] އަށެވެ.
(7) މި މުބާރާތުގެ ގަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް، މި އެކެޑަމީގެ ވެބްސައިޓު www.dhivehiacademy.edu.mv ން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު މި އެކެޑަމީގެ ނަންބަރު 7772816ން ލިބޭނެއެވެ.