ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2026/191

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

މެނޭޖަރ، ފައިނޭންސް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-          އެކައުންޓްސް ރިސީވަބަލް ޕްރޮސެސް މެނޭޖްކުރުން

-          ކަސްޓަމަރުންގެ އެކައުންޓްތައް ރިކޮންސައިލްކޮށް، އެއްވެސް ތަފާތެއް ވާނަމަ އެކަން ހައްލުކުރުން

-          އެކައުންޓްސް ރިސީވަބަލް ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިޒްކުރުން

-          ކަސްޓަމަރުންނާ ގުޅައި ޕޭމަންޓްއާ ބެހޭ އަޕްޑޭޓްތައް ހޯދުން

-          ބޭނުންވާ ކްރެޑިޓް މެނޭޖްމަންޓް ރިޕޯޓުތައް ތައްޔާރުކުރުން

-          ކްރެޑިޓް ކޮމިޓީގެ މަސައްކަތްތައް

-          އެކައުންޓްސް ރިސީވަބަލްއާ ގުޅޭ ރިސްކް މެނޭޖް ކުރުން

-          އެނަލިސިސް ހެދުން

-          މާލީ ސްޓްރެޓެޖީތައް އެކުލަވާލުން

-          ޓްރެޜަރީ މެނޭޖްމަންޓް ކުރިއަށް ގެންދާނެ ފައިނޭންސިންގ ފުރުސަތުތައް ހޯދުން

ޝަރުތުތައް:

-          ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން

-          މަސައްކަތާގުޅޭ ދާއިރާއިން މެނޭޖީރިއަލް މަގާމެއްގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

-          އެކައުންޓްސް ރިސީވަބަލް އާއި ކަލެކްޝަން ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-          SAP (ފައިނޭންސް މޮޑިއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަހު މުސާރަ:

26،000ރ އާއި 31،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

މަޤާމް:

އޮފިސަރު، ރިސްކް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-          އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާ ގުޅޭ ރިސްކްތައް ވަޒަންކޮށް ދެނެގަތުން

-          ރިސްކްތައް ކުޑަކުރުމަށް ނުވަތަ ނައްތާލުމަށް ކުރެވިދާނެ ކަންކަން ތައްޔާރުކުރުން

-          ރިސްކް އެސެސްމަންޓް ރިޕޯޓްތައް ތައްޔާރުކޮށް މެނޭޖްމަންޓަށް ރިޕޯޓްކުރުން

-          ކުންފުނީގެ ރިސްކް ރެޖިސްޓަރ މެއިންޓެއިންކުރުން

-          ދެނެގަނެފައިވާ ރިސްކްތައް މޮނިޓަރކުރުން

-          ރިސްކް އެސެސްމަންޓްއާ ގުޅޭ ޑޮކިއުމެންޓްތައް މެނޭޖްކުރުން

ޝަރުތުތައް:

-          ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިޕްލޮމާ ޙާސިލްކޮށްފައިވުން، ނުވަތަ ސީމާ (CIMA) / އޭސީސީއޭ (ACCA) އިން ޑިޕްލޮމާއާ އެއްފެންވަރުގެ ސެޓިފިކެޓެއް ޙާސިލްކޮށްފައިވުން

-          މަސައްކަތުގެ ދާއިރާއިން 2  އަހަރުގެ ތަޖްރިބާ ލިބިފައިވުން

-          މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

-          SAP (ފައިނޭންސް މޮޑިލއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެވެ.

މަހު މުސާރަ:

13،000ރ އާއި 16،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން24  ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް،fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

17 ސެޕްޓެމްބަރ 2026

 

17 ސެޕްޓެންބަރު 2026
ހޯދާ