ދިވެހިރާއްޖެ
FSM-ADV/2026/191
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމް: |
މެނޭޖަރ، ފައިނޭންސް |
|
ޑިޕާޓްމަންޓް/ސެކްސަން: |
ފައިނޭންސް |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސްޢޫލިއްޔަތު: |
- އެކައުންޓްސް ރިސީވަބަލް ޕްރޮސެސް މެނޭޖްކުރުން - ކަސްޓަމަރުންގެ އެކައުންޓްތައް ރިކޮންސައިލްކޮށް، އެއްވެސް ތަފާތެއް ވާނަމަ އެކަން ހައްލުކުރުން - އެކައުންޓްސް ރިސީވަބަލް ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިޒްކުރުން - ކަސްޓަމަރުންނާ ގުޅައި ޕޭމަންޓްއާ ބެހޭ އަޕްޑޭޓްތައް ހޯދުން - ބޭނުންވާ ކްރެޑިޓް މެނޭޖްމަންޓް ރިޕޯޓުތައް ތައްޔާރުކުރުން - ކްރެޑިޓް ކޮމިޓީގެ މަސައްކަތްތައް - އެކައުންޓްސް ރިސީވަބަލްއާ ގުޅޭ ރިސްކް މެނޭޖް ކުރުން - އެނަލިސިސް ހެދުން - މާލީ ސްޓްރެޓެޖީތައް އެކުލަވާލުން - ޓްރެޜަރީ މެނޭޖްމަންޓް ކުރިއަށް ގެންދާނެ ފައިނޭންސިންގ ފުރުސަތުތައް ހޯދުން |
|
ޝަރުތުތައް: |
- ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން - މަސައްކަތާގުޅޭ ދާއިރާއިން މެނޭޖީރިއަލް މަގާމެއްގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން. - އެކައުންޓްސް ރިސީވަބަލް އާއި ކަލެކްޝަން ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. - SAP (ފައިނޭންސް މޮޑިއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
|
މަހު މުސާރަ: |
26،000ރ އާއި 31،000ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
|
މަޤާމް: |
އޮފިސަރު، ރިސްކް |
|
ޑިޕާޓްމަންޓް/ސެކްސަން: |
ފައިނޭންސް |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސްޢޫލިއްޔަތު: |
- އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާ ގުޅޭ ރިސްކްތައް ވަޒަންކޮށް ދެނެގަތުން - ރިސްކްތައް ކުޑަކުރުމަށް ނުވަތަ ނައްތާލުމަށް ކުރެވިދާނެ ކަންކަން ތައްޔާރުކުރުން - ރިސްކް އެސެސްމަންޓް ރިޕޯޓްތައް ތައްޔާރުކޮށް މެނޭޖްމަންޓަށް ރިޕޯޓްކުރުން - ކުންފުނީގެ ރިސްކް ރެޖިސްޓަރ މެއިންޓެއިންކުރުން - ދެނެގަނެފައިވާ ރިސްކްތައް މޮނިޓަރކުރުން - ރިސްކް އެސެސްމަންޓްއާ ގުޅޭ ޑޮކިއުމެންޓްތައް މެނޭޖްކުރުން |
|
ޝަރުތުތައް: |
- ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިޕްލޮމާ ޙާސިލްކޮށްފައިވުން، ނުވަތަ ސީމާ (CIMA) / އޭސީސީއޭ (ACCA) އިން ޑިޕްލޮމާއާ އެއްފެންވަރުގެ ސެޓިފިކެޓެއް ޙާސިލްކޮށްފައިވުން - މަސައްކަތުގެ ދާއިރާއިން 2 އަހަރުގެ ތަޖްރިބާ ލިބިފައިވުން - މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން. - SAP (ފައިނޭންސް މޮޑިލއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެވެ. |
|
މަހު މުސާރަ: |
13،000ރ އާއި 16،000ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް،fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
17 ސެޕްޓެމްބަރ 2026