ދިވެހިރާއްޖެ
ދިރިއުޅުމަށް ބޭނުންވާ ބަންޑާރަ ގޯތި ދޫކުރުން
މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް 07 ޖަނަވަރީ 2020ވަނަ ދުވަހު ކުރެވުނު މި ކައުންސިލުގެ ނަންބަރު: (IUL)410-C/410/2020/3 އިޢުލާން މި ކައުންސިލުން ބާޠިލުކޮށް، އަދި ރަށުގެ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ގޯތިތަކުގެ ތެރެއިން، ގޯއްޗަށް އެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
- މިފަހަރު ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ ޢަދަދު: 30
- ގޯތީގެ ބޮޑު މިން: 1600 އަކަފޫޓް
ވީމާ، ގޯތި ބޭނުންވާ ފަރާތްތަކުން، ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 15 އޮކްޓޯބަރ 2026ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން ދާންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ގޯއްޗަށް އެދޭ ފޯމް އާއި އަދި އެ ފޯމާއި އެކު ހުށަހަޅަންޖެހޭ އެންމެހާ ލިއުންތައް ހުށަހަޅުއްވާނީ، މި އިދާރާގެ ކައުންޓަރަށް ނުވަތަ [email protected] މި އީ-މެއިލް މެދުވެރިކޮށް މި އިދާރާއަށެވެ.
- "ދާންދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުޞޫލް - 2026" މި އިޢުލާނާއެކު އެއް ހީރަސް ކުރެވިފައވާނެއެވެ.
- ގޯތި ލިބޭ ފަރާތްތައް ކަނޑައެޅިގެންދާނީ އުޞޫލާއި އެއްގޮތަށެވެ.
- ދާންދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ކޯއްޗަށް އެދޭ ފޯމް، މި އިޢުލާނާއެކު އެއް ހީރަސް ކުރެވިފައވާނެއެވެ. އަދި މިފޯމް މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
ފޯން : 6820026، 7330026
އީމެއިލް : [email protected]
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
