ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)410-C/410/2026/20
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 15 އޮކްޓޫބަރު 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫއިން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

ދިރިއުޅުމަށް ބޭނުންވާ ބަންޑާރަ ގޯތި ދޫކުރުން

މިރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް 07 ޖަނަވަރީ 2020ވަނަ ދުވަހު ކުރެވުނު މި ކައުންސިލުގެ ނަންބަރު: (IUL)410-C/410/2020/3 އިޢުލާން މި ކައުންސިލުން ބާޠިލުކޮށް، އަދި ރަށުގެ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ގޯތިތަކުގެ ތެރެއިން، ގޯއްޗަށް އެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

 

  •    މިފަހަރު ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ ޢަދަދު: 30
  •    ގޯތީގެ ބޮޑު މިން: 1600 އަކަފޫޓް

 

ވީމާ، ގޯތި ބޭނުންވާ ފަރާތްތަކުން، ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 15 އޮކްޓޯބަރ 2026ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން ދާންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.  ގޯއްޗަށް އެދޭ ފޯމް އާއި އަދި އެ ފޯމާއި އެކު ހުށަހަޅަންޖެހޭ އެންމެހާ ލިއުންތައް ހުށަހަޅުއްވާނީ، މި އިދާރާގެ ކައުންޓަރަށް ނުވަތަ [email protected] މި އީ-މެއިލް މެދުވެރިކޮށް މި އިދާރާއަށެވެ.

 

  • "ދާންދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ބެހޭ އުޞޫލް - 2026" މި އިޢުލާނާއެކު އެއް ހީރަސް ކުރެވިފައވާނެއެވެ.
  • ގޯތި ލިބޭ ފަރާތްތައް ކަނޑައެޅިގެންދާނީ އުޞޫލާއި އެއްގޮތަށެވެ. 
  • ދާންދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ކޯއްޗަށް އެދޭ ފޯމް، މި އިޢުލާނާއެކު އެއް ހީރަސް ކުރެވިފައވާނެއެވެ. އަދި މިފޯމް މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

ފޯން  : 6820026، 7330026

އީމެއިލް : [email protected]

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

17 ސެޕްޓެންބަރު 2026