ދިވެހިރާއްޖެ
ކޮންޓުރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތައް މިރަށުގެ މުލުގަނޑުކޮޅު ޕިކުނިކް އޭރިއާ ކުނިކަހާ ސާފުކޮށް ބެލެހެއްއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް، 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. މި ސެޝަންގައި ބައިވެރިވުމަކީ ލާޒިމްކަމެކެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެއެވެ. އަދި ހުށައަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ބިޑުއިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލު:
|
އަގު |
ޖުމްލަ ޕޮއިންޓް |
|
100 |
100 |
މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6800730 ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
