ބީލަން
ނަންބަރު: (IUL)456-ESMSC/456/2026/31
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 02 ސެޕްޓެންބަރު 2026 00:13
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ކަލައިދޫ މުލުގަނޑުކޮޅު ޕިކުނިކް އޭރިއާ 2 އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ކޮންޓުރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތައް މިރަށުގެ މުލުގަނޑުކޮޅު ޕިކުނިކް އޭރިއާ ކުނިކަހާ ސާފުކޮށް ބެލެހެއްއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް، 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. މި ސެޝަންގައި ބައިވެރިވުމަކީ ލާޒިމްކަމެކެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެއެވެ. އަދި ހުށައަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

   ބިޑުއިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލު:

އަގު

ޖުމްލަ ޕޮއިންޓް

100

100

 

             މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6800730 ފޯނާ ގުޅުއްވުން އެދެމެވެ.   

             ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.  

23 އޮގަސްޓް 2026