`
|
ކުނަހަންދޫ ސްކޫލް
|
|
|
ލ. ކުނަހަންދޫ
|
|
ދިވެހިރާއްޖެ.
|
އިޢުލާން ނަންބަރ:(IUL)1067/2026/06
2027 ވަނަ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން
|
2027 ވަނަ ދިރާސީ އަހަރު މި ސްކޫލަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލަމެވެ. ސްކޫލަށް ކުދިން ވެއްދޭނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަމްބރ 22-E/CIR/2025/10 (15 ޖުލައި 2025)ގެ ސަރކިއުލަރ އާއި އެއްގޮތަށެވެ.
|
|
ސްކޫލަށް ކުދިން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި ޢުމުރުފުރާ ބަލާނެގޮތާއި، ސަރކިއުލާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތައް ތިރީގައި ޙިއްސާކޮއްފައި އެވަނީއެވެ.
|
ގްރޭޑް
|
2027 ވަނަ ދިރާސީ އަހަރު ކުދިން ސްކޫލަށް ވައްދާ ޢުމުރުފުރާތައް
|
|
އެލް. ކޭ. ޖީ
|
2026 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން
|
|
ގްރޭޑް 1
|
2026 ޑިސެމްބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި، ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (17 ޖަނަވަރީ 2027 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.
|
- އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލު ނުކުރެވޭނެއެވެ.
- އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ކުދިން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެއްމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
- ދިރާސީ އަހަރު ފެށޭފަހުން 4 އަހަރު ވެފައިވާ ކުދިން، ހިނގަމުންދާ ދިރާސީ އަހަރުގެ ތެރޭގައި އެލް.ކޭ.ޖީއަކަށް ނުވައްދާނެއެވެ.
- 2027 ދިރާސީ އަހަރަށް ސަރުކާރުގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ، ތިރީގައި މިވާ ލިންކް މެދުވެރިކޮށް ބެލެނިވެރިޔާ ފޯމު ފުރުމުންނެވެ.
- ލިންކް: https://www.moe.gov.mv/en/applications
|
ވީމާ، 2027 ވަނަ ދިރާސީ އަހަރު މި ސްކޫލަށް ކުދިންވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން 31 އޯގަސްޓް 2026 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
04 ރަބީޢުލްއައްވަލް 1448
17 އޯގަސްޓް 2026