ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1067/2026/006
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 31 އޮގަސްޓް 2026 14:00
ހައްދުންމަތީ ކުނަހަންދޫ ސްކޫލް
ދިވެހިރާއްޖެ
2027 ވަނަ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

`

ކުނަހަންދޫ ސްކޫލް

 

  ލ. ކުނަހަންދޫ

   ދިވެހިރާއްޖެ.

                                          އިޢުލާން ނަންބަރ:(IUL)1067/2026/06

 

2027 ވަނަ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

 

2027 ވަނަ ދިރާސީ އަހަރު މި ސްކޫލަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލަމެވެ. ސްކޫލަށް ކުދިން ވެއްދޭނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަމްބރ 22-E/CIR/2025/10 (15 ޖުލައި 2025)ގެ ސަރކިއުލަރ އާއި އެއްގޮތަށެވެ.

     

ސްކޫލަށް ކުދިން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި ޢުމުރުފުރާ ބަލާނެގޮތާއި، ސަރކިއުލާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތައް ތިރީގައި ޙިއްސާކޮއްފައި އެވަނީއެވެ.

ގްރޭޑް

2027 ވަނަ ދިރާސީ އަހަރު ކުދިން ސްކޫލަށް ވައްދާ ޢުމުރުފުރާތައް

އެލް. ކޭ. ޖީ

2026 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ގްރޭޑް 1

2026 ޑިސެމްބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި، ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ދިރާސީ އަހަރު (17 ޖަނަވަރީ 2027 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

  • އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލު ނުކުރެވޭނެއެވެ.
  • އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ކުދިން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެއްމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
  • ދިރާސީ އަހަރު ފެށޭފަހުން 4 އަހަރު ވެފައިވާ ކުދިން، ހިނގަމުންދާ ދިރާސީ އަހަރުގެ ތެރޭގައި އެލް.ކޭ.ޖީއަކަށް ނުވައްދާނެއެވެ.
  • 2027 ދިރާސީ އަހަރަށް ސަރުކާރުގެ ސްކޫލުތަކަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ، ތިރީގައި މިވާ ލިންކް މެދުވެރިކޮށް ބެލެނިވެރިޔާ ފޯމު ފުރުމުންނެވެ.
  • ލިންކް: https://www.moe.gov.mv/en/applications

 

 

 

ވީމާ، 2027 ވަނަ ދިރާސީ އަހަރު މި ސްކޫލަށް ކުދިންވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން 31 އޯގަސްޓް 2026 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

04 ރަބީޢުލްއައްވަލް 1448

17 އޯގަސްޓް 2026

 

 

                 

17 އޮގަސްޓް 2026