އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގެ ބޭނުމަށް ގުދަނެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން

  1. 2026 ވަނަ އަހަރު މި ސްކޫލުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ދޫކުރުމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
  2. މިކަމަށްއެދި ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޮގަސްޓް 17 އިން 2026 އޮގަސްޓް 20 ވަނަ ދުވަހުގެ މެންދުރު 12:00 ނިޔަލަށް ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ."ބިޑް ރަޖިސްޓްރީ ފޯމް" ފޮނުވަންވީ އީމެއިލް: [email protected]
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޮގަސްޓް 23 ވަނަ ދުވަހުގެ 12:00ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮގަސްޓް 23 ވަނަ ދުވަހުގެ ދުވަހުގެ 13:00ގައި އަނގޮޅިތީމު ސްކޫލުގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮގަސްޓް 27 ވަނަ ދުވަހުގެ 13:00 ގައި އަނގޮޅިތީމު ސްކޫލުގައެވެ.
  7. މިބީލަމާއިގުޅޭ ބިޑް ރަޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. މިބީލަމާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް ފޮނުވޭނެއެވެ.
  8. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރ.އަނގޮޅިތީމް ސްކޫލު

ފޯން: 6580357  

އީމެއިލް: [email protected]

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 އޮގަސްޓް 2026
ހޯދާ