ކުއްޔަށް ހިފުން
ނަންބަރު: 961/IUL/2026/12
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި:
20 އޮގަސްޓް 2026 12:00
އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކޫލުގެ ބޭނުމަށް ގުދަނެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން
- 2026 ވަނަ އަހަރު މި ސްކޫލުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ދޫކުރުމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
- މިކަމަށްއެދި ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޮގަސްޓް 17 އިން 2026 އޮގަސްޓް 20 ވަނަ ދުވަހުގެ މެންދުރު 12:00 ނިޔަލަށް ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ."ބިޑް ރަޖިސްޓްރީ ފޯމް" ފޮނުވަންވީ އީމެއިލް: [email protected]
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޮގަސްޓް 23 ވަނަ ދުވަހުގެ 12:00ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮގަސްޓް 23 ވަނަ ދުވަހުގެ ދުވަހުގެ 13:00ގައި އަނގޮޅިތީމު ސްކޫލުގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮގަސްޓް 27 ވަނަ ދުވަހުގެ 13:00 ގައި އަނގޮޅިތީމު ސްކޫލުގައެވެ.
- މިބީލަމާއިގުޅޭ ބިޑް ރަޖިސްޓްރޭޝަން ފޯމް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. މިބީލަމާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް ފޮނުވޭނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރ.އަނގޮޅިތީމް ސްކޫލު
ފޯން: 6580357
އީމެއިލް: [email protected]
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
17 އޮގަސްޓް 2026