މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ.ހިތާދޫ ފުޓްސެލް ދަނޑު ފެންސުގެ ހޮޅިތައް ބޯލްޓްކުރުމުގެ މަސައްކަތަށް ކޯޓޭޝަން ބޭނުންވެއްޖެ
- ބ.ހިތާދޫ ފުޓްސެލް ދަނޑު ފެންސުގެ ހޮޅިތައް ބޯލްޓްކުރުމުގެ މަސައްކަތަށް ކޯޓޭޝަން ހޯދުމަށް ކުރެވުނު ނަންބަރު (IUL)322/322/2026/95 (10 އޮގަސްޓް 2026) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންގެ އަގު ބޮޑުކަމަށް ފެންނާތީވެ، އެއިޢުލާން ބާޠިލުކުރުމަށް ފަހު، ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނަމަ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
- ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނަމަ ޖީއެސްޓީ ހިމަނައިގެން) ޖަހަންވާނެއެވެ.
- އަދި މި މަސައްކަތަކީ 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ނިންމަން ބޭނުންވާ މަސައްކަތެއް ކަމުން، 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް މިމަސައްކަތް ނިންމަންވާނެއެވެ.
- މިމަސައްކަތް ކުރުމުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ނަގައި އެތަންތަން ރަނގަޅަށް ސާފު ކުރަންވާނެއެވެ. އަދި މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ.
- ކޯޓޭޝަން ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 18 ވަނަ ދުވަހުގެ 09:00 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
16 އޮގަސްޓް 2026
ހޯދާ
