މަސައްކަތް
ނަންބަރު: (IUL)322/322/2026/103
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 19:30
ސުންގަޑި: 18 އޮގަސްޓް 2026 09:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ހިތާދޫ ފުޓްސެލް ދަނޑު ފެންސުގެ ހޮޅިތައް ބޯލްޓްކުރުމުގެ މަސައްކަތަށް ކޯޓޭޝަން ބޭނުންވެއްޖެ

  1. ބ.ހިތާދޫ ފުޓްސެލް ދަނޑު ފެންސުގެ ހޮޅިތައް ބޯލްޓްކުރުމުގެ މަސައްކަތަށް ކޯޓޭޝަން ހޯދުމަށް ކުރެވުނު ނަންބަރު (IUL)322/322/2026/95 (10 އޮގަސްޓް 2026) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންގެ އަގު ބޮޑުކަމަށް ފެންނާތީވެ، އެއިޢުލާން ބާޠިލުކުރުމަށް ފަހު، ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
  2. ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނަމަ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  3. ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
  4. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނަމަ ޖީއެސްޓީ ހިމަނައިގެން) ޖަހަންވާނެއެވެ.
  5. އަދި މި މަސައްކަތަކީ 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ނިންމަން ބޭނުންވާ މަސައްކަތެއް ކަމުން، 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް މިމަސައްކަތް ނިންމަންވާނެއެވެ.
  6. މިމަސައްކަތް ކުރުމުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ނަގައި އެތަންތަން ރަނގަޅަށް ސާފު ކުރަންވާނެއެވެ. އަދި މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ.
  7. ކޯޓޭޝަން ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 18 ވަނަ ދުވަހުގެ 09:00 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
16 އޮގަސްޓް 2026