މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ސްކޫލް
ދިވެހިރާއްޖެ
މާޅެންދޫ ސްކޫލްގެ ސެކިއުރިޓީ ރޫމްގައި ލޮކަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

   ނ. މާޅެންދޫ ސްކޫލްގެ ސެކިއުރިޓީ ރޫމްގައި ލޮކަރު ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް މަތީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކޮށްދެވޭނޭ އަގު އަދި މަސައްކަތަށް ހޭދަވާނެ މުއްދަތު ބަޔާންކުރެވިފައިވާ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ނ. މާޅެންދޫ ސުކޫލުގެ ސެކިއުރިޓީރޫމްގެ ލޮކަރު ހަރުކުރުމުގެ މަސައްކަތް ކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވާހަކަ ދަންނަވަމެވެ.  ކޯޓޭޝަން ބަލައިގަތުމާއި، ހުޅުވުން އޮންނާނީ  18 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 10:00  ގައި ކޯޓޭޝަން ހުށަހެޅުއްވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައި ނ. މާޅެންދޫ ސުކޫލުގައެވެ.  މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިސުކޫލުގެ 6560575 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

13 އޮގަސްޓް 2026
ހޯދާ