ދިވެހިރާއްޖެ
ނ. މާޅެންދޫ ސްކޫލްގެ ސެކިއުރިޓީ ރޫމްގައި ލޮކަރު ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް މަތީގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކޮށްދެވޭނޭ އަގު އަދި މަސައްކަތަށް ހޭދަވާނެ މުއްދަތު ބަޔާންކުރެވިފައިވާ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ނ. މާޅެންދޫ ސުކޫލުގެ ސެކިއުރިޓީރޫމްގެ ލޮކަރު ހަރުކުރުމުގެ މަސައްކަތް ކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވާހަކަ ދަންނަވަމެވެ. ކޯޓޭޝަން ބަލައިގަތުމާއި، ހުޅުވުން އޮންނާނީ 18 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 10:00 ގައި ކޯޓޭޝަން ހުށަހެޅުއްވުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައި ނ. މާޅެންދޫ ސުކޫލުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިސުކޫލުގެ 6560575 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.