ދިވެހިރާއްޖެ
އިޢުލާން
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން މަދަޙަ މުބާރާތެއް މި އަހަރުގެ ސެޕްޓެމްބަރ މަހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ 13 އަހަރުންމަތީގެ ފަރާތްތަކަށާއި ގުރޫޕްތަކަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފިއްލަދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 23 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 14:00 ކަމުގައި ދަންނަވަމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް ކޮމިޓީގެ ރައީސާ ޙައްވާ ޒަހީރާ 7882488 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަދަޙަ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޤަވާއިދު މި އިއުލާނާއިއެކު އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
