މުބާރާތް
ނަންބަރު: (IUL)252/252/2026/118
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 23 އޮގަސްޓް 2026 14:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަދަޙަ މުބާރާތް 2026

އިޢުލާން

                                        ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން މަދަޙަ މުބާރާތެއް މި އަހަރުގެ ސެޕްޓެމްބަރ މަހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ 13 އަހަރުންމަތީގެ ފަރާތްތަކަށާއި ގުރޫޕްތަކަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ފިއްލަދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 23 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 14:00 ކަމުގައި ދަންނަވަމެވެ.

                                  އިތުރު މައުލޫމާތު ހޯއްދެވުމަށް ކޮމިޓީގެ ރައީސާ ޙައްވާ ޒަހީރާ 7882488 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަދަޙަ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޤަވާއިދު މި އިއުލާނާއިއެކު އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

13 އޮގަސްޓް 2026