ދިވެހިރާއްޖެ
ރީޓެއިލް ޝޮޕް ހިންގުމަށް 02 ބިން ބިޑު އުޞޫލުން ދޫކުރުން
ތިރީގައި މި ދަންނަވާ 2 ބިން ރީޓެއިލް ޝޮޕް ހިންގުމަށް 01 ސެޕްޓެމްބަރ 2026 އިން 21 މެއި 2040 ގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލަމެވެ.
|
ސަރަހައްދު |
މިންތައް (ފޫޓް) |
ޖުމްލައަކަފޫޓް |
|
ޖާލި ސީ ވިއުގެ ދެކުނަށް އޮތް ބިން |
35' × 25' |
875 |
|
ރޯޔަލްގެ ދެކުނަށް އޮތް ބިން |
21.4' × 50' |
1070 |
ވީމާ، މި 2 ބިމުގައި ރީޓެއިލް ޝޮޕް ހިންގުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބިޑްތައް އިވެލުއޭޓު ކުރެވޭނީ 2 ބިމަށް ވަކިންނެވެ.
|
ބިޑް ރަޖިސްޓްރީ ކުރުން: އޮންލައިން ފޯމް މެދުވެރިކޮށް. ލިންކު: https://forms.cloud.microsoft/r/XeRsGaAnZP ތާރީޚް: 23 އޮގަސްޓު 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި މަސައްކަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ބިޑް ޑޮކިއުމެންޓްސްތައް ޙިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. |
|
ބިޑް ހުށަހެޅުން: ތަން: ހއ.މާރަންދޫ ކައުންސިލް އިދާރާ ތާރީޚް: 27 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 11:30 ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 18 އަހަރުން މަތީގެ އަމިއްލަ ފަރުދުންނަށާއި ( ދިވެހިންނަށް ) އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ. |
މި މަސައްކަތައް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކަމަށް އެދި އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މި އަންދާސީ ހިސާބުގައި ބައިވެރި ވެވޭނީ ޤާނޫން ނަމްބަރު 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން" އަދި 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި 18 އަހަރުން މަތީގެ އަމިއްލަ ފަރުދުންނަށާއި ( ދިވެހިންނަށް ) ށެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
29 ޞަފަރު 1448
12 އޮގަސްޓު 2026
