މަސައްކަތް
ނަންބަރު: (IUL)253-OU-08275/253/2026/30
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 23 އޮގަސްޓް 2026 13:00
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރީޓެއިލް ޝޮޕް ހިންގުމަށް 02 ބިން ބިޑު އުޞޫލުން ދޫކުރުން

ރީޓެއިލް ޝޮޕް ހިންގުމަށް 02 ބިން ބިޑު އުޞޫލުން ދޫކުރުން

ތިރީގައި މި ދަންނަވާ 2 ބިން ރީޓެއިލް ޝޮޕް ހިންގުމަށް 01 ސެޕްޓެމްބަރ 2026 އިން 21 މެއި 2040 ގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު  ހުޅުވާލަމެވެ.

ސަރަހައްދު

މިންތައް (ފޫޓް)

ޖުމްލައަކަފޫޓް

ޖާލި ސީ ވިއުގެ ދެކުނަށް އޮތް ބިން

35' × 25'

875

ރޯޔަލްގެ ދެކުނަށް އޮތް ބިން

21.4' × 50'

1070

 

                    

 

 

 

ވީމާ، މި  2 ބިމުގައި ރީޓެއިލް ޝޮޕް ހިންގުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ބިޑްތައް އިވެލުއޭޓު ކުރެވޭނީ 2 ބިމަށް ވަކިންނެވެ.

ބިޑް ރަޖިސްޓްރީ ކުރުން:

އޮންލައިން ފޯމް މެދުވެރިކޮށް. ލިންކު: https://forms.cloud.microsoft/r/XeRsGaAnZP

ތާރީޚް: 23 އޮގަސްޓު 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން

މި މަސައްކަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ބިޑް ޑޮކިއުމެންޓްސްތައް ޙިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ބިޑް ހުށަހެޅުން:

ތަން: ހއ.މާރަންދޫ ކައުންސިލް އިދާރާ

ތާރީޚް: 27 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 11:30

ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 18 އަހަރުން މަތީގެ އަމިއްލަ ފަރުދުންނަށާއި ( ދިވެހިންނަށް ) އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތައް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މިކަމަށް އެދި އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށައަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށައަޅަން ޖެހޭނެއެވެ. މި އަންދާސީ ހިސާބުގައި ބައިވެރި ވެވޭނީ ޤާނޫން ނަމްބަރު 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން" އަދި 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި 18 އަހަރުން މަތީގެ އަމިއްލަ ފަރުދުންނަށާއި ( ދިވެހިންނަށް ) ށެވެ. މިކަމަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

29 ޞަފަރު 1448

12 އޮގަސްޓު 2026

12 އޮގަސްޓް 2026