ދިވެހިރާއްޖެ
1- މިއިދާރާއަށް ބޭނުންވާ 60 ދިދަދަނޑި ހެދުމަށް ކޯޓޭޝަން ބޭނުންވެއްޖެއެވެ.
2- ދިދަދަނޑިތައް ހަދަންވާނީ ރެޑްމެރެންޓީ ލަކުޑީގައެވެ. ދިގުމިން 8 ފޫޓު ފަލަމިން ތިރީކޮޅުގައި 35mm އަދި މަތީކޮޅުގައި 20mm ހުންނަންވާނެއެވެ. ދިދަދަނޑިތައް ހުންނަންވާނީ ރީތިކޮށް އޮމާކޮށްފައެވެ.
3- ކުރެހުމުގައި ވާގޮތަށް ބޯ ހަދައި ދިދަ ދަނޑިތަކުގައި ބޯ ހަރުކުރަންވާނެއެވެ. އަދި ދަނޑިތަކުގައި ރީތިކޮށް ހުދުކުލަ ލާންވާނެއެވެ.
4- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
5- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ 'ކްލޯޒް ރިލޭޓިވް' ނުވަތަ 'ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
6- ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނަމަ ޖީއެސްޓީ ހިމަނައިގެން) އަދި މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ޖަހަންވާނެއެވެ.
7- އަދި މި މަސައްކަތަކީ 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ނިންމަން ބޭނުންވާ މަސައްކަތެއް ކަމުން، 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ނިންމޭނެ މުއްދަތެއް ޖެހުމަށްވެސް ދަންނަވަމެވެ.
8- ކޯޓޭޝަން ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 13 ވަނަ ދުވަހުގެ 09:45 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
