މަސައްކަތް
ނަންބަރު: (IUL)322/322/2026/99
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 13 އޮގަސްޓް 2026 09:45
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
60 ދިދަދަނޑި ހެދުމަށް ކޯޓޭޝަން ބޭނުންވެއްޖެ

1-        މިއިދާރާއަށް ބޭނުންވާ 60 ދިދަދަނޑި ހެދުމަށް ކޯޓޭޝަން ބޭނުންވެއްޖެއެވެ.

2-        ދިދަދަނޑިތައް ހަދަންވާނީ ރެޑްމެރެންޓީ ލަކުޑީގައެވެ. ދިގުމިން 8 ފޫޓު ފަލަމިން ތިރީކޮޅުގައި 35mm އަދި މަތީކޮޅުގައި 20mm ހުންނަންވާނެއެވެ. ދިދަދަނޑިތައް ހުންނަންވާނީ ރީތިކޮށް އޮމާކޮށްފައެވެ.

3-        ކުރެހުމުގައި ވާގޮތަށް ބޯ ހަދައި ދިދަ ދަނޑިތަކުގައި ބޯ ހަރުކުރަންވާނެއެވެ. އަދި ދަނޑިތަކުގައި ރީތިކޮށް ހުދުކުލަ ލާންވާނެއެވެ.

4-        ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5-        ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ 'ކްލޯޒް ރިލޭޓިވް' ނުވަތަ 'ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.

6-        ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނަމަ ޖީއެސްޓީ ހިމަނައިގެން) އަދި މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ޖަހަންވާނެއެވެ.

7-        އަދި މި މަސައްކަތަކީ 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ނިންމަން ބޭނުންވާ މަސައްކަތެއް ކަމުން، 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ނިންމޭނެ މުއްދަތެއް ޖެހުމަށްވެސް ދަންނަވަމެވެ.

8-        ކޯޓޭޝަން ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 13 ވަނަ ދުވަހުގެ 09:45 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

11 އޮގަސްޓް 2026