ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ

ވަޒީފާގެ ފުރުސަތު

 

މަޤާމް:                އެސިސްޓަންޓް ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:          01 (އެކެއް)

މުއްދަތު:               1 އަހަރު (ވަޒީފާއަށް ހަމަޖެއްސޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. 1 އަހަރު ހަމަވުމުން

                    މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެ)

މަޤާމުގެ ރޭންކް:           ޕަބްލިކް ސަރވިސް ރޭންކް 4  - ހަރުފަތް 1  

މަޤާމުގެ ކްލެސިފިކޭޝަން:    ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަންޖެހޭ ތަން:   ހދ. ގޮފި / ހދ. ކުޅުދުއްފުށި

މުސާރަ:                -/10,080 ރުފިޔާ

އެހެނިހެން އިނާޔަތް:

  1. މަޤާމުގެ އެލަވަންސް: 3,705/- ރުފިޔާ
  2. ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް 115/- ރުފިޔާ
  3.  ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
  4. ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1-      އޮފީސް ހުޅުވާ ލެއްޕުން

2-      ގޮފީގެ ރިސެޕްޝަންގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން. މިގޮތުން ފޯނު ކޯލްތަކަށް ޖަވާބުދިނުން، މައުލޫމާތު ހޯދުމަށް އަންނަ އާންމުންނަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.

3-      ގޮތްޕަށް ލިބޭ އެންޓްރީ ބެލެހެއްޓުން- ގޮތްޕަށް ލިބޭ ސިޓީ، މައްސަލަ، މެއިލް އަދި އެހެނިހެން ލިޔެކިޔުންތައް ޗެކްކުރުމަށްފަހު އެންޓްރީކުރުން.

4-      ދުވަހު ޔައުމިއްޔާ ލިޔުން.

5-      އޮފީހުގެ މަސައްކަތަކަށް ބޭނުންވާ ސްޓޮކް ބެލެހެއްޓުން. އަދި ސްޓޮކް ހުސްވަމުންދާވަރު މޮނިޓަރކޮށް ސްޓޮކް ރިކުއެސްޓް ތައްޔާރުކުރުން.

6-      އޮފީހުން ކުރަންޖެހޭ އެޑްމިން ދަތުރުތަކާއި ކޯޓް ދަތުރުތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

7-      ޢިމާރާތުގައިވާ އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން އެތަކެތި މަރާމާތުކުރުމުގެ އެންމެހައި މަސައްކަތް ކުރުން.

8-      އޮފީހުގެ ކަރަންޓް އިކުއިޕްމަންޓަކަށް/ މުދަލަކަށް/ ވަޞީލަތަކަށް މައްސަލައެއް ދިމާވެއްޖެނަމަ އޮފީހުގެ އިދާރީ ސެކްޝަނާ ގުޅައިގެން މައްސަލަ ހައްލުކުރުން.

9-      އޮފީހުގެ ޓްރެއިނިންގ އަދި ވޯކްޝޮޕް ތަކާއި ގުޅޭ އިދާރީ މަސައްކަތްތައްކުރުން.

10-  އޮފީހުގެ ތަފާސް ހިސާބު ބެލެހެއްޓުމަށް ތައްޔާރުކުރަންޖެހޭ ޓޭބަލްތައް ފުރިހަމަކުރުން.

11-  ގޮތްޕަށް ލިބޭ މައްސަލަތަކާއި މައްސަލަތަކާއި ގުޅިގެން ލިބޭ އިތުރު ލިޔުންތައް އެންޓްރީކޮށް، ލިޔުންތައް ހަމަތޯ އޮފީހުން ކަނޑައަޅާ އުޞޫލާ އެއްގޮތަށް ޗެކްކުރުމަށްފަހު، އަޕްލޯޑްކުރުން އަދި ލިއުންތައް މަދުވާނަމަ އެފަރާތްތަކަށް އަނބުރާ ފޮނުވާލުން.

12-  ގޮތްޕަށް ލިބޭ އައު މައްސަލަތައް ސޮފްޓްވެއަރ އިން ނަންބަރު ދިނުމަށްފަހު އެމައްސަލައިގެ ދަޢުވާލިބޭ މީހުންގެ ކުށުގެ ރެކޯޑް ސާފުކުރުން، ފޯލިއޯ ތައްޔާރުކުރުން އަދި މައްސަލައިގެ ފައިލް ތައްޔާރުކޮށް ޕްރޮސިކިއުޓަރާ ޙަވާލުކުރުން.

13-  ޕްރޮސިކިއުޓަރުން މައްސަލަ ތައްޔާރުކޮށް ރިމާކްސް ލިބުމުން ރިމާކްސް އާއި އެއްގޮތަށް އަމަލުކުރުމާއި ފައިލް އަޕްޑޭޓްކުރުން.

14-  މައްސަލަތަކާއި ގުޅިގެން ލިޔަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔުންތައް އަދި ދައުވާ ފޯމްތައް ތައްޔާރުކޮށް ޕްރޮސިކިއުޓަރ ސޮއިކުރުމުން ކޯޓަށް ފޮނުވުމުގެ އެންމެހައި މަސައްކަތް ކުރުން. 

15-  ކޯޓު އަމުރު ލިބުމުން އެ އަމުރުތައް ސިސްޓަމަށް އެންޓަރކޮށް މައްސަލަތައް ވަކީލާ ޙަވާލުކުރުން.

16-  ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމާއި އަދި ރިޕޯޓް ލިބުމުން އެމައްސަލައާ އެޓޭޗްކޮށް ޚުލާޞާ ނިންމުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

17-  ނިމޭ މައްސަލަތައް އާކައިވް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

18-  ޕީޖީ އޮފީހުގެ ގޮފި ތަކުގެ އިދާރީ އަދި ޕްރޮސިކިއުޝަން ސަޕޯޓް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

19-  މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ތައުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

މަޤާމުގެ މަސައްކަތާ ގުޅޭ

އެޑްމިނިސްޓްރޭޝަން ދާޢިރާ / މެނޭޖްމަންޓް ދާއިރާ

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  20 އޮގަސްޓު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3023155 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް:

1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 21 އޮގަސްޓު 2026 – 20 ސެޕްޓެންބަރު 2026 އާ ދެމެދު ހދ. ގޮފީގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-      މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-      ވަނަވަރު

4-      ދރއ. ކާޑުގެ ކޮޕީ

5-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

28 ޞަފަރު 1448

11 އޮގަސްޓު 2026

11 އޮގަސްޓް 2026
ހޯދާ