ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަޤާމް: އެސިސްޓަންޓް ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުއްދަތު: 1 އަހަރު (ވަޒީފާއަށް ހަމަޖެއްސޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. 1 އަހަރު ހަމަވުމުން
މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެ)
މަޤާމުގެ ރޭންކް: ޕަބްލިކް ސަރވިސް ރޭންކް 4 - ހަރުފަތް 1
މަޤާމުގެ ކްލެސިފިކޭޝަން: ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލްސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ހދ. ގޮފި / ހދ. ކުޅުދުއްފުށި
މުސާރަ: -/10,080 ރުފިޔާ
އެހެނިހެން އިނާޔަތް:
- މަޤާމުގެ އެލަވަންސް: 3,705/- ރުފިޔާ
- ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 115/- ރުފިޔާ
- ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
- ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
1- އޮފީސް ހުޅުވާ ލެއްޕުން
2- ގޮފީގެ ރިސެޕްޝަންގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން. މިގޮތުން ފޯނު ކޯލްތަކަށް ޖަވާބުދިނުން، މައުލޫމާތު ހޯދުމަށް އަންނަ އާންމުންނަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.
3- ގޮތްޕަށް ލިބޭ އެންޓްރީ ބެލެހެއްޓުން- ގޮތްޕަށް ލިބޭ ސިޓީ، މައްސަލަ، މެއިލް އަދި އެހެނިހެން ލިޔެކިޔުންތައް ޗެކްކުރުމަށްފަހު އެންޓްރީކުރުން.
4- ދުވަހު ޔައުމިއްޔާ ލިޔުން.
5- އޮފީހުގެ މަސައްކަތަކަށް ބޭނުންވާ ސްޓޮކް ބެލެހެއްޓުން. އަދި ސްޓޮކް ހުސްވަމުންދާވަރު މޮނިޓަރކޮށް ސްޓޮކް ރިކުއެސްޓް ތައްޔާރުކުރުން.
6- އޮފީހުން ކުރަންޖެހޭ އެޑްމިން ދަތުރުތަކާއި ކޯޓް ދަތުރުތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
7- ޢިމާރާތުގައިވާ އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން އެތަކެތި މަރާމާތުކުރުމުގެ އެންމެހައި މަސައްކަތް ކުރުން.
8- އޮފީހުގެ ކަރަންޓް އިކުއިޕްމަންޓަކަށް/ މުދަލަކަށް/ ވަޞީލަތަކަށް މައްސަލައެއް ދިމާވެއްޖެނަމަ އޮފީހުގެ އިދާރީ ސެކްޝަނާ ގުޅައިގެން މައްސަލަ ހައްލުކުރުން.
9- އޮފީހުގެ ޓްރެއިނިންގ އަދި ވޯކްޝޮޕް ތަކާއި ގުޅޭ އިދާރީ މަސައްކަތްތައްކުރުން.
10- އޮފީހުގެ ތަފާސް ހިސާބު ބެލެހެއްޓުމަށް ތައްޔާރުކުރަންޖެހޭ ޓޭބަލްތައް ފުރިހަމަކުރުން.
11- ގޮތްޕަށް ލިބޭ މައްސަލަތަކާއި މައްސަލަތަކާއި ގުޅިގެން ލިބޭ އިތުރު ލިޔުންތައް އެންޓްރީކޮށް، ލިޔުންތައް ހަމަތޯ އޮފީހުން ކަނޑައަޅާ އުޞޫލާ އެއްގޮތަށް ޗެކްކުރުމަށްފަހު، އަޕްލޯޑްކުރުން އަދި ލިއުންތައް މަދުވާނަމަ އެފަރާތްތަކަށް އަނބުރާ ފޮނުވާލުން.
12- ގޮތްޕަށް ލިބޭ އައު މައްސަލަތައް ސޮފްޓްވެއަރ އިން ނަންބަރު ދިނުމަށްފަހު އެމައްސަލައިގެ ދަޢުވާލިބޭ މީހުންގެ ކުށުގެ ރެކޯޑް ސާފުކުރުން، ފޯލިއޯ ތައްޔާރުކުރުން އަދި މައްސަލައިގެ ފައިލް ތައްޔާރުކޮށް ޕްރޮސިކިއުޓަރާ ޙަވާލުކުރުން.
13- ޕްރޮސިކިއުޓަރުން މައްސަލަ ތައްޔާރުކޮށް ރިމާކްސް ލިބުމުން ރިމާކްސް އާއި އެއްގޮތަށް އަމަލުކުރުމާއި ފައިލް އަޕްޑޭޓްކުރުން.
14- މައްސަލަތަކާއި ގުޅިގެން ލިޔަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔުންތައް އަދި ދައުވާ ފޯމްތައް ތައްޔާރުކޮށް ޕްރޮސިކިއުޓަރ ސޮއިކުރުމުން ކޯޓަށް ފޮނުވުމުގެ އެންމެހައި މަސައްކަތް ކުރުން.
15- ކޯޓު އަމުރު ލިބުމުން އެ އަމުރުތައް ސިސްޓަމަށް އެންޓަރކޮށް މައްސަލަތައް ވަކީލާ ޙަވާލުކުރުން.
16- ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމާއި އަދި ރިޕޯޓް ލިބުމުން އެމައްސަލައާ އެޓޭޗްކޮށް ޚުލާޞާ ނިންމުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
17- ނިމޭ މައްސަލަތައް އާކައިވް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
18- ޕީޖީ އޮފީހުގެ ގޮފި ތަކުގެ އިދާރީ އަދި ޕްރޮސިކިއުޝަން ސަޕޯޓް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
19- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ތައުލީމީ ރޮނގުތައް:
އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް
މަޤާމުގެ މަސައްކަތާ ގުޅޭ
އެޑްމިނިސްޓްރޭޝަން ދާޢިރާ / މެނޭޖްމަންޓް ދާއިރާ
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 20 އޮގަސްޓު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3023155 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް:
1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
2. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 21 އޮގަސްޓު 2026 – 20 ސެޕްޓެންބަރު 2026 އާ ދެމެދު ހދ. ގޮފީގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
28 ޞަފަރު 1448
11 އޮގަސްޓު 2026