ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކައި ހިއްކުމާއި، ލޮނުއެޅުމާއި އަދި ލަނޑާގެ މަސްވެރިކަން ކުރުމަށް ބިން ކުއްޔައްދިނުމާއި ބެހޭ

މަސްކައްކައި ހިއްކުމާއި، ލޮނުއެޅުމާއި އަދި ލަނޑާގެ މަސްވެރިކަން ކުރުމަށް ބިން ކުއްޔައްދިނުމާއި ބެހޭ

 މަސްކައްކައި ހިއްކުމާއި، ލޮނުއެޅުމާއި އަދި ލަނޑާގެ މަސްވެރިކަން ކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ބިންކުއްޔަށްދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.  މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން ދައްކުވައިދޭ ޗާޓް މި އިޢުލާނާއެކު ހީރަސްކުރެވިފައި ވާނެއެވެ.   

 

މާކުސް ދެވޭ މިންގަނޑު:

 

         

#

ތަފްސީލް

މާކުސް

1

ބިމުކުލި)މިބަޔަށް މާރކްސް ދޭނީ އެންމެ ބޮޑެއް އަގެއް ހުށަހަޅާ އަގަކީ ބެންޗް މާކް ކަމުގައި ބަލައިގެން ކްރައިޓީރީއާއަށް ދެވިފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން  އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.(

50

2

ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ބިމަކަށް އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ.

20

3

އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް.

20

4

ބީލަން ހުށަހަޅާ ކެޓަގަރީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިންތަކުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖުރިބާގެ މުއްދަތަށް. (10 މާކުސް) މިގޮތުން އެމަސައްކަތް ކުރާކަމުގެ ލިޔުން ބިޑާއިއެކު އެފަރާތްތަކުން ޙުށަހަޅަންވާނެއެވެ.

10

 

 

 

 

 

 

 

 

 

 

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 16 އޮގަސްޓު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.  

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން:

  • ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 20 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހު 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކުސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020، މޯލްބައިލް: 7916100

އީމެއިލް:[email protected]

 

10 އޮގަސްޓް 2026
ހޯދާ