ދިވެހިރާއްޖެ
މަސްކައްކައި ހިއްކުމާއި، ލޮނުއެޅުމާއި އަދި ލަނޑާގެ މަސްވެރިކަން ކުރުމަށް ބިން ކުއްޔައްދިނުމާއި ބެހޭ
މަސްކައްކައި ހިއްކުމާއި، ލޮނުއެޅުމާއި އަދި ލަނޑާގެ މަސްވެރިކަން ކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ބިންކުއްޔަށްދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން ދައްކުވައިދޭ ޗާޓް މި އިޢުލާނާއެކު ހީރަސްކުރެވިފައި ވާނެއެވެ.
މާކުސް ދެވޭ މިންގަނޑު:
|
# |
ތަފްސީލް |
މާކުސް |
|
1 |
ބިމުކުލި)މިބަޔަށް މާރކްސް ދޭނީ އެންމެ ބޮޑެއް އަގެއް ހުށަހަޅާ އަގަކީ ބެންޗް މާކް ކަމުގައި ބަލައިގެން ކްރައިޓީރީއާއަށް ދެވިފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.( |
50 |
|
2 |
ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ބިމަކަށް އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ. |
20 |
|
3 |
އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް. |
20 |
|
4 |
ބީލަން ހުށަހަޅާ ކެޓަގަރީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިންތަކުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖުރިބާގެ މުއްދަތަށް. (10 މާކުސް) މިގޮތުން އެމަސައްކަތް ކުރާކަމުގެ ލިޔުން ބިޑާއިއެކު އެފަރާތްތަކުން ޙުށަހަޅަންވާނެއެވެ. |
10 |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 16 އޮގަސްޓު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
- ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން:
- ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 20 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހު 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކުސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 6820020، މޯލްބައިލް: 7916100
އީމެއިލް:[email protected]