ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންބިމުގެ މުއްދަތު އިތުރުކުރުމުގެ އުސޫލް

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންބިމުގެ މުއްދަތު އިތުރުކުރުމުގެ އުސޫލް

ތަޢާރުފާއި ނަން

  1.  

(ހ)

މިއީ ގަވާއިދު ނަންބަރު 2024-41 "ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ބިން ދޫކުރުމަށްޓަކައި ޤާނޫން ނަންބަރު 2010/07 "ދިވެހިރާއްޖޭގެ އުދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ބ) އިން ބާރުލިބިގެން ދިޔަމިގިލީ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލެކެވެ. 

 

 

(ށ)

 

މިއުސޫލްއަށް ކިޔާނީ "ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންބިމުގެ މުއްދަތު އިތުރުކުރުމުގެ އުސޫލް" އެވެ.

ޢަމަލުކުރަން ފަށާ ތާރީޚު

  1.  

(ހ)

މިއުސޫލްއަށް ޢަމަލުކުރަން ފަށާނީ، މިއުސޫލް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

 

(ށ)

މިއުސޫލްއަށް ޢަމަލުކުރަން ފެށުމާއެކު މިއުސޫލްއަށް ޢަމަލު ކުރުމުގެ ކުރިން ކޮށްފައިވާ މިއުސޫލްއާ ޚިލާފު ކަންތައްތައް މިއުސޫލްގައި ބުނެފައިވާ ގޮތަށް އިޞްލާޙުކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރަންވާނެއެވެ. މިގޮތަށް އިޢުލާން ކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އިޞްލާޙުކޮށްފައިނުވާ ފަރާތްތަކާމެދު މިއުސޫލްގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

މުއްދަތު އިތުރު ކުރުމަށް އެދުން

 

މުއްދަތު އިތުރު ކުރުން

3.

 

4.

 

 

 

 

 

(ހ)

ކުއްޔަށްދޭ މުއްދަތު ހަމަވުމުގެ ކުރިން އެންމެ ލަސްވެގެން 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި ކުއްޔަށްދޭ މުއްދަތު އިތުރުކުރުމަށް އެދި ލިޔުމުން ހުށަހަޅަންވާނެއެވެ.

 

މުއްދަތު އިތުރު ކުރެވޭނީ ކައުންސިލުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، މުއްދަތު އިތުރު ކުރަން ކައުންސިލަށް ފެންނަކަމުގައިވާނަމައެވެ.

 

 

 

 

މުއްދަތު އިތުރު ކޮށްދިނުމުގައި ބަލާނެ ކަންކަން

 

 

 

 

ހާލަތު ދެނެގަތުން

 

 

 

 

މާނަ ކުރުން

 

 

 

 

 

 

 

 

 

5.

 

 

 

 

 

6.

(ށ)

 

 

 

 

 

 

ބިން ދޫކޮށްފައިވާ ފަރާތުން، ތިރީގައި ފާހަނގަކޮށްފައި ކަންކަން ޤަވައިދުން ކުރަމުން ނުދާނަމަ ބިން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށް ނުދެވޭނެއެވެ.

-          ޤަވައިދުން ބިމުކުލި ދެއްކުން

-          މަގުފަޅިއާއި ދަނޑުބިން ސާފުކޮށް ބޭއްވުން

-          މަގުމަތީގައި ތަކެތި ނުބެހެއްޓުން

-          ބިން ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ބިން ބޭނުންކުރުން

-          ބިމުގެ އިން ވަކިކޮށްފައި ނުވުން

-          ބިމުގައި އެއްވެސް މަސައްކަތެއް ނުކުރުން ނުވަތަ ނުފެށުން

-          އާއްމު ފަރާތްތަކަށް ގެއްލުންވާ ނުވަތަ އުނދަގޫވާ ކަންކަން ކުރުން

-          ދިވެހިރާއްގޭގެ ޤާނޫނާއި ޤަވައިދުތަކުން  ކުރުން މަނާ އެއްވެސް މަސައްކަތެއް ނުވަތަ ކަމެއް ނުކުރުން

-          އެކުލަވާލެވޭ އެއްބަސްވުމާއި ޚިލާފުވުން

 

ކޮންމެ ހަމަސް ދުވަހަކުން ކައުންސިލުން ދަނޑުބިންތަކަށް ޒިޔާރަތްކޮށް ދަނޑުބިންތަކުގައި ހާލަތު ބަލަމުން ދާނެއެވެ. އެގޮތުން މި އުޞޫލުގެ 5 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށަފައިވާ ކަންކަން ދަނޑުބިން ތަކުގައި ފުރިހަމަކޮށްފައިވޭތޯ ބެލޭނެއެވެ.

 

 

ކައުންސިލް:  މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ ދަށުން އިންތިޚާބުކޮށްފައިވާ (ތ. ދިޔަމިގިލީ) ކައުންސިލެވެ.

09 އޮގަސްޓް 2026
ހޯދާ