ދިވެހިރާއްޖެ
ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންބިމުގެ މުއްދަތު އިތުރުކުރުމުގެ އުސޫލް
|
ތަޢާރުފާއި ނަން |
(ހ) |
މިއީ ގަވާއިދު ނަންބަރު 2024-41 "ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ބިން ދޫކުރުމަށްޓަކައި ޤާނޫން ނަންބަރު 2010/07 "ދިވެހިރާއްޖޭގެ އުދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ބ) އިން ބާރުލިބިގެން ދިޔަމިގިލީ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލެކެވެ. |
|
|
|
|
(ށ)
|
މިއުސޫލްއަށް ކިޔާނީ "ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންބިމުގެ މުއްދަތު އިތުރުކުރުމުގެ އުސޫލް" އެވެ. |
|
ޢަމަލުކުރަން ފަށާ ތާރީޚު |
(ހ) |
މިއުސޫލްއަށް ޢަމަލުކުރަން ފަށާނީ، މިއުސޫލް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
|
|
|
|
(ށ) |
މިއުސޫލްއަށް ޢަމަލުކުރަން ފެށުމާއެކު މިއުސޫލްއަށް ޢަމަލު ކުރުމުގެ ކުރިން ކޮށްފައިވާ މިއުސޫލްއާ ޚިލާފު ކަންތައްތައް މިއުސޫލްގައި ބުނެފައިވާ ގޮތަށް އިޞްލާޙުކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރަންވާނެއެވެ. މިގޮތަށް އިޢުލާން ކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އިޞްލާޙުކޮށްފައިނުވާ ފަރާތްތަކާމެދު މިއުސޫލްގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. |
|
މުއްދަތު އިތުރު ކުރުމަށް އެދުން
މުއްދަތު އިތުރު ކުރުން |
3.
4.
|
(ހ) |
ކުއްޔަށްދޭ މުއްދަތު ހަމަވުމުގެ ކުރިން އެންމެ ލަސްވެގެން 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި ކުއްޔަށްދޭ މުއްދަތު އިތުރުކުރުމަށް އެދި ލިޔުމުން ހުށަހަޅަންވާނެއެވެ.
މުއްދަތު އިތުރު ކުރެވޭނީ ކައުންސިލުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، މުއްދަތު އިތުރު ކުރަން ކައުންސިލަށް ފެންނަކަމުގައިވާނަމައެވެ. |
|
މުއްދަތު އިތުރު ކޮށްދިނުމުގައި ބަލާނެ ކަންކަން
ހާލަތު ދެނެގަތުން
މާނަ ކުރުން
|
5.
6. |
(ށ)
|
ބިން ދޫކޮށްފައިވާ ފަރާތުން، ތިރީގައި ފާހަނގަކޮށްފައި ކަންކަން ޤަވައިދުން ކުރަމުން ނުދާނަމަ ބިން ދޫކޮށްފައިވާ މުއްދަތު އިތުރުކޮށް ނުދެވޭނެއެވެ. - ޤަވައިދުން ބިމުކުލި ދެއްކުން - މަގުފަޅިއާއި ދަނޑުބިން ސާފުކޮށް ބޭއްވުން - މަގުމަތީގައި ތަކެތި ނުބެހެއްޓުން - ބިން ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ބިން ބޭނުންކުރުން - ބިމުގެ އިން ވަކިކޮށްފައި ނުވުން - ބިމުގައި އެއްވެސް މަސައްކަތެއް ނުކުރުން ނުވަތަ ނުފެށުން - އާއްމު ފަރާތްތަކަށް ގެއްލުންވާ ނުވަތަ އުނދަގޫވާ ކަންކަން ކުރުން - ދިވެހިރާއްގޭގެ ޤާނޫނާއި ޤަވައިދުތަކުން ކުރުން މަނާ އެއްވެސް މަސައްކަތެއް ނުވަތަ ކަމެއް ނުކުރުން - އެކުލަވާލެވޭ އެއްބަސްވުމާއި ޚިލާފުވުން
ކޮންމެ ހަމަސް ދުވަހަކުން ކައުންސިލުން ދަނޑުބިންތަކަށް ޒިޔާރަތްކޮށް ދަނޑުބިންތަކުގައި ހާލަތު ބަލަމުން ދާނެއެވެ. އެގޮތުން މި އުޞޫލުގެ 5 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށަފައިވާ ކަންކަން ދަނޑުބިން ތަކުގައި ފުރިހަމަކޮށްފައިވޭތޯ ބެލޭނެއެވެ.
ކައުންސިލް: މިޤަވާޢިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލްގެ މާނައިގެ ތެރޭގައި ހިމެނޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ ދަށުން އިންތިޚާބުކޮށްފައިވާ (ތ. ދިޔަމިގިލީ) ކައުންސިލެވެ. |