ދިވެހިރާއްޖެ
ނަންބަރު: (IUL)320-PRM/320/2026/61
އިޢުލާނު
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރިވާ ފަރާތްތައް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
އިޢުލާން ނަންބަރު: (IUL)320-PRM/320/2026/34 ޙަވާލާދީ ދަންނަވަމެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އިން އިންތިޒާމްކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ގުޅިގެން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ރަށް / ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މި މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 އޮގަސްޓް 2026 އެވެ. މި އިއުލާނާއެކު މައުރަޒުގައި ބައިވެރިވުމުގެ އުޞޫލާއި، އާންމުކޮށް ކުރެވޭ ސުވާލުތަކުގެ ޖަވާބު (FAQ) ކަރުދާހަށް ގެނެވުނު އިޞްލާހު އެޓޭޗް ކުރެވިފައިވާނެއެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.
ލިންކް: https://forms.gle/ZtRuRDFSqpgKSzQC7
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
23 ޞަފަރު 1448ހ
