ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2026/61
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 15 އޮގަސްޓް 2026 00:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރިވާ ފަރާތްތައް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: (IUL)320-PRM/320/2026/61

 

އިޢުލާނު

 

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރިވާ ފަރާތްތައް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

          އިޢުލާން ނަންބަރު: (IUL)320-PRM/320/2026/34 ޙަވާލާދީ ދަންނަވަމެވެ.

          މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އިން އިންތިޒާމްކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ގުޅިގެން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ރަށް / ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.       

           މި މައުރަޒުގެ ވާދަކުރުމުގެ ބައިގައި  ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 އޮގަސްޓް 2026 އެވެ. މި އިއުލާނާއެކު މައުރަޒުގައި ބައިވެރިވުމުގެ އުޞޫލާއި، އާންމުކޮށް ކުރެވޭ ސުވާލުތަކުގެ ޖަވާބު (FAQ) ކަރުދާހަށް ގެނެވުނު އިޞްލާހު އެޓޭޗް ކުރެވިފައިވާނެއެވެ.

 

            މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.

ލިންކް: https://forms.gle/ZtRuRDFSqpgKSzQC7

 

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ. 

             23  ޞަފަރު    1448ހ

06 އޮގަސްޓް 2026