ދިވެހިރާއްޖެ
|
ޕާކިސްތާންގެ ހައި ކޮމިޝަންގެ ފަރާތުން އެ ޤައުމުގެ ފަސް ޔުނިވަރސިޓީއަކުން މަތީ ތައުލީމާއި އަދި ތަމްރީނު ހޯދުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.
މި ސްކޮލަރޝިޕްގެ ދަށުން ފުރުސަތު ލިބިފައިވާ ޔުނިވަރސިޓީތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.
މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓްއާއި މި މިނިސްޓްރީގެ ޕޯޓަލް https://kuri.gov.mv އިން ލިބެން ހުންނާނެއެވެ.
މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ދެވިފައިވާ ސުންގަނޑި ހަމަވުމުގެ ކުރިން ޔުނިވަރސިޓީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. ............................................................................................................................................................................. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.
* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.
|
