ތަމްރީނު
ނަންބަރު: HE/22/2026/203
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 16 އޮކްޓޫބަރު 2026 00:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Scholarship opportunities offered by the Government of Pakistan 2026

 

ޕާކިސްތާންގެ ހައި ކޮމިޝަންގެ ފަރާތުން އެ ޤައުމުގެ ފަސް ޔުނިވަރސިޓީއަކުން މަތީ ތައުލީމާއި އަދި ތަމްރީނު ހޯދުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.

 

މި ސްކޮލަރޝިޕްގެ ދަށުން ފުރުސަތު ލިބިފައިވާ ޔުނިވަރސިޓީތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.

ޔުނިވަރސިޓީ

އެޕްލިކޭޝަން ހުށަހަޅާނެ ވެބްސައިޓް

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަނޑި

 

 

ކޮމްސެޓްސް ޔުނިވަރސިޓީ (ސީ.ޔޫ.އައި) ވާހް، އެޓޮކް، ސަހިވާލް އަދި ވެހާރީ ކެންޕަސް

 

 

https://admissions.comsats.edu.pk

ވާހް ކެމްޕަސްގެ ކޯސްތަކަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަސް

- އެޓޮކް، ސަހިވާލް އަދި ވެހާރީ ކެންޕަސްގެ ކޯސްތަކަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ 14 އޮގަސްޓް 2026 ވާ ހުކުރު ދުވަސް

 

ފާސްޓް ނެޝަނަލް ޔުނިވަރސިޓީ އޮފް ކޮމްޕިއުޓަރ އެންޑް އެމަރޖިންގ ސައިންސެސް (ފާސްޓް-އެން.ޔޫ.ސީ.އީ.އެސް)

 

https://www.nu.edu.pk

 

1 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަސް

ޔުނިވަރސިޓީ އޮފް ވާހް (ޔޫ.އޯ.ޑަބްލިއު)

 

https://www.uow.edu.pk

16 އޮކްޓޯބަރ 2026 ވާ ހުކުރު ދުވަސް

 

މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓްއާއި  މި މިނިސްޓްރީގެ ޕޯޓަލް  https://kuri.gov.mv  އިން ލިބެން ހުންނާނެއެވެ.

 

މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ދެވިފައިވާ ސުންގަނޑި ހަމަވުމުގެ ކުރިން ޔުނިވަރސިޓީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

.............................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

 

* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

 

05 އޮގަސްޓް 2026