ދިވެހިރާއްޖެ
ހއ. ކެލާ އިޖްތިމާޢީ ސަރަހައްދުތަކުގައި ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓާނެ މީހުން ބޭނުންވެއްޖެއެވެ.
މުއްދަތު: 01 އަހަރު
މަސައްކަތުގެ ގަޑި: 1 ގަޑިއިރާއި 30 މިނިޓް ( ދުވާލަކު )
ޝަރުތު:
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން
- އުމުރުން 18 އަހަރުން މަތީގެ މީހެއް ކަމުގައިވުން
މަސްޢޫލިއްޔަތުތަކާއި އެހެނިހެން ކަންތައް:
- ކެލާ ކައުންސިލުން އިޖްތިމާޢީ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅަފާއިވާ ސަރަހައްދުތަކާއި މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް.
- އިޖްތިމާޢީ ސަރަހައްދުގެ ގަސްތައް ކައުންސިލްގެ ބެލުމުގެ ދަށުން ކޮށާ ސާފުކުރުމުގެ މަސައްކަތް.
- އިޖްތިމާޢީ ސަރަޙައްދުތަކުން ނަގާ ކުނިބުނިތައް އުކާލަންވާނީ، ކެލާގައި ކުނި މެނޭޖްކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ފޯމު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
